
އެޗްޑީސީގެ ބޯޑުން ކުރީގެ މެމްބަރުން ވަކިކޮށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަލަށް އައްޔަންކުރެއްވީ:
- އާރިފް އަބްދުއްސަމަދު
- މުހައްމަދު ވިޝާމް
- އުލާ މުހައްމަދު ރަޝީދު
- އިބްރާހިމް ޔޫސުފްފުޅު
- އަޒްހަރު އަބްދުﷲ ސައީދު
- މުހައްމަދު ވަހީދު
އެޗްޑީސީގެ ބޯޑަށް ގެނައި ބަދަލުގެ އިތުރުން ސްޓެލްކޯގެ ޗެއާމަނަކަށް އައްޔަންކުރެއްވި ލަތީފަކީ އެންމެފަހުން އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ފަރާތެވެ. އެ ކުންފުނީގައި 34 އަހަރު ވަންދެން މަސައްކަތް ކުރެއްވި ލަތީފްގެ ހިދުމަތް ފައްޓަވާފައި ވަނީ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑު ހިންގި ދުވަސްވަރު އެތަނުގެ އިނގިރޭސި ސެކްރެޓަރީއެއްގެ ވަޒީފާއިންނެވެ.
އޭނާ ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަށް މަސް ދުވަސް ވަންދެން އަދާކުރައްވާފަ އެވެ. އަދި ޑީއެމްޑީގެ މަގާމު 10 އަހަރު ވަންދެން ފުރުއްވާފައިވެ އެވެ. އުމުރުން 65 އަހަރު ވުމުން ހިދުމަތުން އޭނާ ރިޓަޔާ ކުރައްވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ސްޓެލްކޯގެ ޗެއާމަންގެ މަގާމުގައި އެންމެފަހުން ހުންނެވީ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އެވެ. ލަތީފު އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ހޯމަ ދުވަހު ދީދީ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި ފަރާތްތަކުގެ އިތުރުން ޕީސީބީން ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަނަކަށް މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރު އަދި އެ ކުންފުނީގެ ބޯޑަށް މުހައްމަދު މުރާދު އައްޔަންކުރައްވާފަ އެވެ. އަދި އާސަންދަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ފައިސަލް އިބްރާހިމް ވަނީ އައްޔަންކުރައްވާފަ އެވެ.