ads
ކައިޒީން
ފަލަސްތީނަށްޓަކާ ނުކުންނަން ކައިޒީންގެ ދައުވަތު
އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ އުދުވާނީ ހަމަލާތައް ހުއްޓާލަން ގޮވާލާ އެއްވުމެއްގައި ބައިވެރިވުމަށް ފާތިމަތު ޒަޔަން (ކައިޒީން) އެނާގެ ފޭނުންނަށް ދައުވަތު ދީފިއެވެ.

ކައިޒީން އޭނާގެ ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، "ދިވެހިން ފަލަސްތީނާއެކު" ތިބިކަން ދައްކައިދިނުމަށެވެ. 

ގައްޒާގައި ހިންގަމުން ގެންދާ ގަތުލްއާމު ހުއްޓާލުމަށް ގޮވާލާފައިވެއެވެ. 

އިޒްރޭލުގެ އަނިޔާވެރިކަން ކުށްވެރިކޮށް އަންނަ ހުކުރު ދުވަހު ހަވީރު 16:00 އަށް ރަސްފަންނަށް އެއްވުމަށް ކައިޒީން ޝެއާކުރި ޕޯސްޓުގައި ވަނީ ދައުވަތު ދީފައެވެ. 

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފަށައިގެން އިޒްރޭލުން ފަލަސްތުގެ ގައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 14،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް