
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކޮމިޝަނަ އޮފް ޕްރިޒަންސްގެ މަގާމުގެ އިތުރުން ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ވަނީ ދެއްވާފަ އެވެ. އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ކޮމިޝަނަ އޮފް ޕްރިޒަންސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އައްޔަނުކުރައްވާފައި ވަނީ ހަސަން ޒަރީރެވެ. އަދި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ގ. އަތަ، ޔޫސުފް މާނިއު މުހައްމަދު އައްޔަނު ކުރައްވާފަ އެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު ބޮޑުފެންޑާގެ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓަރު ފެންވަރުގައި އައްޔަނު ކުރައްވާފަ އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު އައްޔަނުކުރައްވާފަ އެވެ. އެބޭފުޅުންނަކީ:
- މިނިސްޓަ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް - މުހައްމަދު ފަހުމީ ހަސަން
- މިނިސްޓަ އޮފް ސްޓޭޓް ފޮ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - އިބްރާހިމް އާމިރު
- ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރު - އަލްއުސްތާޒާ ފާތިމަތު ޝަމްނާޒް އަލީ ސަލީމް
- ކޮމިޝަނަ އޮފް ޕްރިޒަންސް - ހަސަން ޒަރީރު