މިސް ޔުނިވާސްގެ ތާޖު މިސް ނިކަރާގޫ ކާމިޔާބުކޮށްފި
އައިޝަތު ނޫރާ
20 ނޮވެންބަރ 2023 - 08:48:56
މިސް ނިކަރާގޫއާ ޝެއިނިސް ޕަލަސިއޯސް އަށް މިސް ޔުނިވާސް 2023 ގެ ތާޖު ލިބިއްޖެއެވެ.
އުމުރުން 23 އަހަރުގެ ޕަލަސިއޯސް އަކީ އެ މި މަގާމު ހޯދި ނިކަރާގޫއާގެ ފުރަތަަމަ މޮޑެލްއެވެ.
ޕަލަސިއޯސް ބުނީ އޭނާގެ ކާމީޔާބީ ބޭނުންކޮށްގެން އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް ވަކާލާތުކުރާނެކަމަށެވެ.
"ނިކަރާގޫއާގެ އެހެން އަންހެނުންނަށް ވެސް އަމިއްލަ ނަފްސު ގަބޫލުކޮށް ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އިންސްޕަޔަވުމަށް ބޭނުން،" - ޝެއިނިސް ޕަލަސިއޯސް-
މިސްޔުނިވާސްގެ މުބާރާތް ނިމުނުއިރު ޕަލަސިއޯސް ވަނީ އޭނާގެ ދިރިއުޅުމުގެ ވާހަކައާއި، އޭނާގެ މޮޅެތި ޖަބާބުތަކުގެ ސަބަބުން ސޯޝަލް މީޑިއާގައިވެސް ގިނަބައެއްގެ މަގުބޫލުކަން ހޯދާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް