އޭނާ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމާއެކު ގިނަބަޔަކު އަންނަނީ އޭނާއަށް ހިއްތަވަރުދީ ތައުރީފު ވެސް ކުރަމުންނެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލިކަން އިއުލާނުކުރީ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިއްސާކުރި މެސެޖަކުންނެވެ.
"އާއިލާއާ އެކު ވަރަށް ބޮޑަށް މަޝްވަރާކޮށް ވާހަކަ ދެއްކުމަށް ފަހު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައިފިން. މިވަގުތު އަހަރެންގެ ޕްރައިވެސީއަށް އިހުތިރާމް ކުރައްވާ" ސުނޫޕް ޑޮގް ލިޔެފައިވެއެވެ.
ޕްރޮފެޝަނަލް ގޮތުން ސްނޫޕް ޑޮގްގެ ނަމުން މަޝްހޫރު ކެލްވިން ކޯޑޯޒާ ބްރޯޑަސް ޖޫނިއާ އަކީ އެމެރިކާގެ ރެޕަރެއް އަދި އެކްޓަރެކެވެ. އޭނާގެ މަޝްހޫރުކަން ފެށިގެން އައީ 1992 ވަނަ އަހަރު ޑރ.ޑްރޭގެ ފުރަތަމަ ސޯލޯ ސިންގަލް "ޑީޕް ކަވަރ" އިންނާއި، އޭގެ ފަހުން ޑްރޭގެ ފުރަތަމަ ސޯލޯ އަލްބަމް "ދަ ކްރޮނިކް" އިންނެވެ.