ads
ތާރު ބޯޅަތަކެއް
ހުޅުމާލޭ ގޮނޑު ދޮށަށް ލައްގާ ބޯޅަ ތަކުގެ ހަގީގަތަކީ ކޮބާ؟
ހުޅުމާލެ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ތާރު ބޯޅަ ލައްގަމުން އަންނަކަން ސަމާލުކަމަށް އައިސްފައިވާކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ވަނީ ބުނެފައެވެ. ނަމަވެސް "ޓާ ބޯލް" ނުވަތަ "ތާރު ބޯޅައިގެ" ހަގީގަތަކީ ކޮބައިބާއެވެ؟

ތާރު ބޯޅައަކީ އިންސާނުންނަށް ގެއްލުން ދޭ އެއްޗެއް ނޫނެވެ. ނަމަވެސް މި ބޯޅަތަކަކީ އޭގެން ތިމާވެއްޓަށާއި، ގޮނޑުދޮށާއި މޫދުގައި އުޅޭ މަސްމަހާމެއްސާއި ދިރިއުޅޭ ތަފާތު ދިރުންތަކާއި، ދޫނި ފަދަ ތަކެއްޗަށް ގެއްލުން ލިބިދާނެއެއްޗެވެ. 

ނަމަވެސް ބައެއް މީހުން މޫދަށް އެރިއުޅޭއިރު، ތާރު ބޯޅަ ޖެހިގެން ގައި ހިރުވައި ހަދައެވެ. 

ތާރު ބޯޅަ އުފެދެނީ ކިހިނެތް؟

ތާރު ބޯޅަ އުފެދެނީ މޫދަށް އެޅިފައި ހުންނަ ތެޔޮ އަވިން ހިކި، އެތަކެތި އޮއިގައި ޖެހި ގެށިގެންންވެ. 

މިފަދަ ބޯޅަ ގިނަފަހަރު ލައްގަނީ ކައިރި ސަރަހައްދެއްގައި ކަނޑަށް މޫދަށް ތެޔޮ އެޅިގެންނެވެ. ނަމަވެސް މާ ދުރުގައި ހިނގާ ހާދިސާއަކުންވެސް މިފަދަ ބޯޅަ ލައްގައި ފާނެއެވެ. 

ހައްލަކީ ކޮބަ؟ 

ތާރު ބޯޅަ ލެއްގުން ހުއްޓުވޭނެ މާބޮޑު ގޮތެއްނެތެވެ. ނަމަވެސް ލައްގާ ބޯޅަތައް އެއްކޮށް އެތަކެތި ރައްކާތެރިގޮތުގައި ނައްތައިލުމަށް މަސައްކަތް ކުރެވިދާނެއެވެ. 

މީގެ ކުރިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތާރު ބޯޅަ ވަނީ ލައްގައިފައިއެވެ. މި ބޯޅަތައް ނަގަން އީޕީއޭއިން މިހާރު ވަނީ ހުޅުމާލެ ބަލަހައްޓާ އާބަންކޯއަށް އަންގައިފައިއެވެ. 

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް