
މުބާރާތުގެ ފޯރި ގަދަ ހިސާބަށް އައިސްފައިވާއިރު، ހަ ޕޮއިންޓް ލިބިފައިވާ ޕާކިސްތާން އޮތީ 10 ގައުމުގެ ތާވަލުގެ ފަސް ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް އޮސްޓްރޭލިއާއަށް އަށް ޕޮއިންޓާއި މެޗެއް އޮތްއިރު ތިން ވަނައިގައި އޮތް ނިއުޒީލެންޑަށްވެސް އަށް ވެސް އަށް ޕޮއިންޓް ލިބިފައިވެއެވެ.
"އާނ. އަހަރެމެން މި މަސައްކަތް ކުރަނީ ކުރިއަށް އޮތް ދެ މެޗުން މޮޅުވާން، އޭގެ ފަހުން އަހަރެމެން ތިބީ ކޮންތާކުތޯ ބަލާލަމާ،" ބަންގްލަދޭޝް އަތުން ހަތް ވިކެޓުން މޮޅުވެ، މުބާރާތުގެ ތިން ވަނަ މޮޅަށް ފަހު ޕާކިސްތާނުގެ ކެޕްޓަން ބުންޏެވެ.
ޕާކިސްތާނުން ހޮނިހިރު ދުވަހު ބެންގަލޫރުގައި ނިއުޒީލެންޑާ ދެކޮޅަށް ނުކުތުމަށް ފަހު ގްރޫޕް ކެމްޕޭން ނިންމާލާނީ ނޮވެމްބަރު 11 ވަނަ ދުވަހު ކޮލްކަތާގައި ޑިފެންޑިން ޗެމްޕިއަން އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުންނެވެ. މި ދެމެޗުން މޮޅުވުމުގެ އިތުރުން އެހެން މެޗުތަކުގެ ނަތީޖާވެސް ޕާކިސްތާނަށް ސެމީން ފުރުސަތެއް ހޯދުމަށް މުހިއްމު ދައުރެއް ކުޅޭނެއެވެ.
ޕާކިސްތާނުން އެންމެ ފަހުން ކުޅުނު މެޗުގައި ބަންގަލަދޭޝް އަތުން މޮޅުވުމާއެކު ބަންގްލަދޭޝް ވެފައިވަނީ މުބާރާތުގެ ސެމީން ފުރުސަތު ނުލިބި ކެޓި ފުރަތަމަ ޓީމަށެވެ.