ads
ރާއްޖޭގެ ބައެއް ފިލްމީ ތަރިން
ދިވެހި ފިލްމީތަރިން ގޭގެއަށް ގޮސް ފައިސާއަށް މަސައްކަތްކޮށްދެނީ
ގާއްޒާގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ދިވެހި ފިލްމީތަރިން، ގޭގެއަށް ގޮސް ފައިސާއަށް މަސައްކަތް ކޮށްދޭން ނިންމައިފިއެވެ.

މިގޮތައް މާލޭގެ ގޭތަކަށް ވަދެ ފިލްމީތަރިން މަސައްކަތް ކޮށްދޭނީ މި އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ. 

ފިލްމީތަރިން ގެންގޮސް މަސައްކަތެއް ކުރުވަން އެދޭ ފަރާތްތަކުން 9911000 އަށް ގުޅުމަށް ފިލްމު އެސޯސިއޭޝަނުން ވަނީ އެދިފައެވެ. 

ފިލްމީތަރިން ގައްޒާއަށް އެހީވުމަށް ކުރިއަށްގެންދާ ހާއްސަ ހަރަކާތްތައް ހުކުރު ދުވަހު ވަނީ ފަށާފައެވެ. 

މިގޮތުން ފަންޑު ފޮއްޓެއް ހުޅުވުމާ، ފިލްމު ފެސްޓިވަލެއްގެ އިތުރުން މިއަދު ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާފައެވެ. 

ހޮނިހިރު ދުވަހު ކުޑަކުދިންގެ ވަހީރުވެސް ބާއްވާފައިވެއެވެ. އެ އިވެންޓު އިންތިޒާމް ކުރުމުގަ ހަރަކާތްތެރިވީ ފިލްމީ ތަރިންނެވެ. އަދި ތަރިންނާއެކު ސްކައުޓް އެސޯސިއޭޝަންވެސް ބައިވެރިވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް