ads
ފިލީމީ ތަރިންގެ ހަވީރުގެ ތެރެއިން: ފޮޓޯ އައްޒަ
ގައްޒާއަށް އެހީވާން ފިލްމީ ތަރިންގެ ހާއްސަ ހަރަކާތްތަކެއް
ގައްޒާއަށް އެހީވާން ފިލްމީތަރިންގެ ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.

ގައްޒާއަށް އެހީވުމަށް ކުރިއަށްގެންދާ މި ހަރަކާތްތައް ހުކުރު ދުވަހު ވަނީ ފަށާފައެވެ. 

މިގޮތުން ފަންޑު ފޮއްޓެއް ހުޅުވުމާ، ފިލްމު ފެސްޓިވަލެއްގެ އިތުރުން މިއަދު ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާފައެވެ. 

މިއަދުގެ ކުޑަކުދިންގެ ވަހީރުވެސް އިންތިޒާމް ކުރުމުގަ ހަރަކާތްތެރިވީ ފިލްމީ ތަރިންނެވެ. އަދި ތަރިންނާއެކު ސްކައުޓް އެސޯސިއޭޝަންވެސް އަންނަނީ ބައިވެރިވަމުންނެވެ.  

ގައްޒާއަށް އިކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގަ ފަލަސްތީނުގެ ގައްޒާއިން މަރުވި މީހުންގެ އަދަދު ވަމީ 4000 އާ ގާތްކޮށްފައެވެ. 

އިޒްރޭލުން ގައްޒާއަށް ހަމަލާ ދޭން ފެށީ އޮކްޓޫބަރު 7 ވަނަ ދުވަ ހަމާސް އިން ދިން ހަމަލާތަކާއެކުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް