ads
ފްރާންގެ ވެރިރަށް ޕެރިސް
މުޅި ޕެރިހުގަ ތައްމަކުނު އަޅައި ސްކޫލުތައް ވެސް ބަނދުކޮށްފި
ފްރާންސްގެ ވެރިރަށް ޕެރިސްގެ ހުރިހާ ހިސާބެއްގަ ތައްމަކުނު އަޅައިފިއެވެ.

ގޭތަކާ، ޕަބްލިކް ޓްރާސްޕޯޓު ހިދުމަތްދޭ ބަސް، ރޭލު ފަދަ ތަންތަނުގެ ގޮނޑިތަކާ ގޮދަޑިތަކުގަ ވަނީ ތައްމަކުނު އަޅާފައެވެ.

ތައްމަކުނުގެ މައްސަލަ ދިމާވަނީ ދުނިޔޭގެ ދަތުރުފަތުރު އިތުރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެންކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. 

މި މައްސަލަ ބޮޑުވެ މިއަދު ވަނީ ޕެރިހުގެ ގިނަ ސްކޫލުތައް ވެސް ބަންދުކުރަން އަންގާފައެވެ. 

ފްރާންސް ސަރުކާރުން ތައްމަކުނުގެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ނަމަވެސް އެއީ ހައްލުކުރަން އުނދަގޫ ކޮމްޕްލެކްސް މައްސަލައްކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. 

ޕެރިހަށް ދަތުރުކުރާ ފަރާތްތަކުން މި މައްސަލައަށް ސަމާލުވެ، ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިންމެވެ.

މިއީ ޕެރިހަށް ދަތުރުކުރާ ފަރާތްތަކަށް ބެޑް ބަގްސް އިން ސަލާމަތްވާނެ ގޮތުގެ ބައެއް އިރުޝާދު: 

ކުދި މުށިކުލައިގެ ސޫފި، ދިރިހުރި ތައްމަކުނު ނުވަތަ ބެޑް ބަގް ބިސް ފަދަ ބެޑް ބަގްސްގެ އަލާމާތްތައް ހުރިތޯ ހޮޓަލުގެ ކޮޓަރި ރަނގަޅަށް ބަލާށެވެ.

އެނދާއި ތަޅުންގަނޑުން ލަގެޖު ބާއްވައި، ސޫޓްކޭސް ރެކެއް ނުވަތަ ދަބަހެއްގައި ބަހައްޓާށެވެ. ދަތުރު ނިންމާފައި ގެއަށް އައުމަށްފަހު ހޫނު ފެނުގައި ހެދުން ދޮވެ، ގަދަ ހޫނުގައި ހިއްކާށެވެ.

62%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް