ads
ހުސެއިން މުހައްމަދު ލަތީފު ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވަނީ: މަޖިލީހުގެ ރައީސް ވިދާޅުވީ އޭނާ ޕީޕީއެމުން ވަކިވެވަޑައިގެން، ޕީއެންސީއަށް ސޮއި ކުރެއްވީ އިންތިހާބުގެ ކުރިން ކަމަށް - ފޮޓޯ:ޕީޕީއެމް
އިންތިހާބީ ނައިބު ރައީސް ޕީއެންސީ އާ ގުޅިވަޑައިގެންނެވިކަން އިއުލާނުކޮށްފި
އިންތިހާބީ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންނެވިކަން ރައްޔިތުންގެ މަޖިލީހުގައި އިއުލާނުކޮށްފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުސެއިން މުހައްމަދު ލަތީފު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެން، ޕީއެންސީއަށް ސޮއި ކުރެއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ކަމަށެވެ.

"މިހާރު އިންތިހާބުވެފައިވާ ނައިބު ރައީސް ޕާޓީ ބަދަލު ކުރައްވާ، ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަތީ. ބަދަލު ކުރައްވަމުން މަޖިލީހަށް އޮތީ ޑޮކިއުމެންޓްސް ހުށަހަޅުއްވާފައި. އަދި އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ މަޖިލީހަށް ޑޮކިއުމެންޓްސް ހުށަހަޅުއްވާފަ،" - މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހުސެއިން މުހައްމަދު ލަތީފު ޕީއެންސީ އާ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ ނ. ގައި ބަޔާން ކުރާ ލިޔުންތައް ވަނީ އެ މަޖިލީހަށް މިހާރު ލިބިފައި ކަމަށެވެ. އެހެންކަމުން އިންތިހާބީ ނައިބު ރައީސް މަޖިލީހުގައި މިހާރު ތަމްސީލު ކުރައްވާނީ ޕީއެންސީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 129،159 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓު ލީ މީހުންގެ 54 އިންސައްތައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 45 އިންސައްތަ ވޯޓެވެ. އެއީ 109،868 ވޯޓެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް