ads
ޑރ. މުއިއްޒު ގއ ވިލިގިއްޔަށް ވަޑައިގަތުން
ދައުރުވަމުން އަންނަނީ ސައްހަ އޯޑިއޯއެއް ނޫން: ޑރ. މުއިއްޒު
މާލޭ ރައްޔިތުންނަށް ދީފައި ހުރި ގޯތިތައް ފުށިދިއްގަރަށް ބަދަލުކުރައްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވާ އަޑު އިވޭ އޯޑިއޯއަކީ ސައްހަ އޯޑިއޯއެއް ނޫންކަމަށް އޭނާ މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ޑރ. މުއިއްޒު މިއަދު ވިދާޅުވީ އެ އޯޑިއޯއަކީ "މުޅިން ފޭކު އަސްލެއް ނެތް އޯޑިއޯއެއް" ކަމަށެވެ. އަދި އެފަދަ އޯޑިއޯތައް ފެތުރުމުން ފެންނަނީ ރެއާއި ދުވާ އެންޓި-ކެމްޕެއިން ކުރުމުގައި ބިޒީވެގެން އުޅޭ މީހުން ގޮސްހުވެ "ޑެސްޕަރޭޓު" ވެފަ ތިބި މިންވަރު ކަމަށެވެ. 

ސޯސަލް މީޑިއާގަ މޫސާއަންވަރު އާންމުކުރައްވާފަވާ އޯޑިއޯގަ މުއިއްޒު ވިދާޅުވާ އަޑު އިވެނީ، މި ސަރުކާރުން ދީފާހުރި ގޯތިތައް ފުށިދިއްގަރަށް ބަދަލުކުރައްވާނެކަމަށެވެ. 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫތަކަށް ތަރުހީބު ބޮޑު: 

މި ސަރުކާރުން މާލޭ ރައްޔިތުންނަށް ހުޅުވާލި ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ވަނީ ތިން ސަރަހައްދަކުން ގޯތި ދޫކޮށްފައެވެ. އެއީ ހުޅުމާލެ ތިން ވަނަ ފޭސް، ގުޅީފަޅު އަދި ގިރާވަރު ފަަޅެވެ. 

"ބިންވެެރިޔާ" ސްކީމުގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ 18،955 މީހަކު ހިމެނެ އެވެ. އަދި އެ އެންމެނަށް ގޯތި ލިބޭނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ގޯތި ދޭން ނިންމާފައި ވަނީ ހުޅުމާލެ އާއި ގިރާވަރުފަޅު އަދި ގުޅީފަޅުންނެވެ. މި ތަންތަނުން ދޫކުރާ ގޯތިތަކަށް ބަލާ އިރު، އެންމެ ބޮޑު ގޯއްޗެއްގެ ސައިޒަކީ 4،000 އަކަފޫޓެވެ. އަދި އެންމެ ކުޑަ ގޯއްޗެއްގައި 1،250 އަކަފޫޓު ހުންނާނެ އެވެ.

"ބިންވެރިޔާ" ގެ ދަށުން ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،218 ގޯތި އަދި ގިރާވަރުވަރު ފަޅުން 5،432 ގޯތި ދޭން ވަނީ ނިންމައިފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓް، ތިން ކޮޓަރީގެ 2،800 ޔުނިޓެވެ

އޭގެ އިތުރުން މިމަހުގެ ދެ ވަނަ ދުވަހު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓު އެޅުމަށް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން 2،000 ޔުނިޓު އިމާރާތް ކުރާން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. 

މީގެ އިތުރުންވެސް ދެ ވަނަ ފިޔަވަހީގަ ދަށުން އުތުރުތިލަފަޅުން ބިން ދޭން ނިންމާފައިވަނީ މާލޭގައި މަދުވެގެން 20 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށެވެ. އަދި ބިމުގެ ބޮޑު މިނަކީ ކުރިމަތިލީ އެއް ފަރާތްތަކުން ނަމަ 1250 އަކަ ފޫޓެވެ. އަދި އިތުރުވާ ކޮންމެ ކޯ އެޕްލިކެންޓަކަށް 400 އަކަފޫޓު އިތުރުވެއެވެ.

ބިންވެރިޔާ ސްކީމަކީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔަވާހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ކުރިއަށް ގެންދެވޭ މުހިންމު ސްކީމެކެވެ. މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް