ads
ފުރަތަމަ ބުރުގެ ވޯޓުލުން : ފައިލް ފޮޓޯ
ވޯޓާސް ލިސްޓުގަ ސޮއިކުރަން ފަށައިފި
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ލައްވައި ސޮއިކުރަން ފަށާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
Advertisement

ރިޔާސީ އިންތިހާބު އޮންނާނީ މި މަހު 30 ވަނަ ދުވަހުއެވެ. މިގޮތުން ދެވަނަ ބުރުގަ ވާދަކުރައްވާ ދެ ކެނޑިޑޭޓުންކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޕީއެންސީގެ ކެނޑޭޓު ޑރ މުހައްމަދު މުއިއްޒުގެ މަންދޫބުން ވަނީ ވޯޓާސް ލިޓުގަ ސޮއިކުރަން ފަށާފައެވެ. 

ދިވެހި ސަރުކާރު ގެޒެޓުގައ އިލެކްޝަން ކޮމިޝަނުން އާއްމުކޮށްފައިވާ އިއުލާނުގައި ވާގޮތުން، 2023 ސެޕްޓެންބަރ 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 2023 ސެޕްޓެންބަރު 26 ވާ އަންގާރަ ދުވަހު ހެނދުނު 09:00 އިން ހަވީރު 04:00 ގެ ނިޔަލަށް ހުޅުވާލާކަމަށް ބުނެފައިވެއެވެ.

މިއިއުލާނުގައި ވާގޮތުން، ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިންތިހާބާއި ބެހޭ މައިމަރުކަޒު ކަމަށްވާ ދަރުބާރުގޭގައެވެ.

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެ ކަމަށާއި ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް މިއިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ވާދަކުރައްވަނީ، ސެޕްޓެމްބަރު މަހުގެ 9 ވަނަދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުން އެއްމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި، އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282803 ފަރާތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަން ކޮމިޝަނުން ވަނީ ރޭގެ ވަގުތެއްގައި އާއްމުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް