
ބީއެމްއެލުން ބުނީ އެކަމާ ގުޅިގެން މީޑިއާ މެދުވެރިކޮށް އާންމުން ހޭލުންތެރި ކުރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސްކޭމްގެ ކޭސްތަކުގެ އަދަދަށް ބަލާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ސްކޭމް އާ ގުޅުންހުރި އިތުރު ކޮންޓެންޓްތައް ހިއްސާ ކުރާނެ ކަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނެފައިވަނީ މިހާރަކަށް އައިސް ފާހަގަކުރެވިފައިވަނީ އިންޕާސަނޭޝަން ސްކޭމްތައް (ދަންނަ މީހަކަށް ހެދިގެން އޮޅުވާލުން) އިތުރުވަމުންދާ ތަން ކަމަށެވެ.
ދާދިފަހުން ރިޕޯޓްކޮށްފައިވާ އާންމު ސްކޭމް މައްސަލަތަކަށް ބަލާއިރު، ސްކޭމަރުން ޝިކާރައަކަށްވާ މީހުންނާ މުއާމަލާތް ކުރަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، މައިގަނޑު ގޮތެއްގައި ފޭސްބުކް މެދުވެރިކޮށް، ފައިސާ ހޯދުމަށް އެދެނީ ސިއްހީ ކަންކަމަށާއި ބޭސް ފަރުވާގެ ނަމުގަ އާއި ލޮކްޑް/ބޭނުން ނުކުރެވޭ އިންޓަނެޓް ބޭންކިންގެ އިތުރުން ރާއްޖޭން ބޭރުން ފޮނުވާ އުފެއްދުން ނުވަތަ ހަދިޔާ އަދި ކަސްޓަމްސް ކްލިއަރެންސް ފީ ގެ ނަމުގައި އޮޅުވާލައިގެންނެވެ.
ސްކޭމަރުން ގިނައިން ބޭނުން ކުރަނީ ޑޮލަރު އަދި ދިވެހި ރުފިޔާގެ އަދަދުތައް ލިޔެފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކް އެކައުންޓް ޑިޕޮސިޓްގެ ނަކަލެއް ނުވަތަ ފޭކު ސްލިޕްތައް ބޭނުންކޮށްގެންނެވެ. އަދި މިކަހަލަ ސްކޭމްތަކުގައި ޝިކާރައަކަށްވާ މީހާއަށް އޮޅުވާލައިގެން ފައިސާ ފޮނުވަން ބުނެއެވެ.
އަދި ސްކޭމަރުން ޝިކާރައަކަށްވާ މީހުންނާ ގުޅުމަށް ނޭނގޭ ނަންބަރުތަކެއް ނުވަތަ ވަޓްސްއެޕް، ވައިބަ، ޓެލެގްރާމް ނުވަތަ އިންސްޓަގްރާމް ފަދަ އެހެން މުވާސަލާތީ ޕްލެޓްފޯމްތައް ބޭނުންކުރެއެވެ.
މިހާރަކަށް އައިސް އިންޕާސަނޭޝަން ސްކޭމްތައް ހިމެނޭ ސްކޭމް ހަރަކާތްތައް އިތުރުވީއިރު އެހެނިހެން ސްކޭމްތައްވެސް ވަނީ އާންމުވެފައެވެ.
- ކްރިޕްޓޯކަރަންސީ ޓްރޭޑިން
- ފޮރިން ކަރަންސީ އެކްސްޗޭންޖް
- ލޮގިން ކްރެޑެންޝަލް ކޮމްޕްރޮމައިޒް
- އޮންލައިން ޓްރޭޑިން
- ވިއްކުން/ގަތުން - މާޗަންޑައިޒް އެންޑް ސާވިސް
ކަސްޓަމަރުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް:
މިފަދަ ރިކުއެސްޓެއް ލިބިއްޖެ ނަމަ، އެއްވެސް ފައިސާއެއް ފޮނުވުމުގެ ކުރިން، ކުރިން ބޭނުންކުރި ކޮންޓެކްޓް ނަންބަރެއް މެދުވެރިކޮށް ނުވަތަ އާންމު ފަރާތެއް މެދުވެރިކޮށް، ހަގީގީ ރަހުމަތްތެރިޔާ/ގާތްތިމާގެ/އެކުވެރިޔާ އާއެކު ކަށަވަރުކުރުމުގެ އިތުރުން މިފަދަ މުއާމަލާތެއް އޮޅިގެން ކުރިއަށް ގެންދެވުނުނަމަ ވަގުތުން ބޭންކަށް ގުޅައިގެން ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލަ ހުށަހެޅުން ހިމެނެއެވެ.