
ސޯޝަލް މީޑީއާ ޕްލެޓުފޯމު އެކްސް މެދުވެރިކޮށް އަބުޅޯ މިރޭ ވިދާޅުވީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވީ އިސްލާމް ދީނާއި، މިނިވަންކަމާއި، ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަކީ މާލީގޮތުން މިނިވަން އަދި އިގުތިސާދީ، އިޖްތިމާޢީ ، ޚާރިޖީ ހަމަޖެހުން ގާއިމުވެފައިވާ، ފަހި ދިރިއުޅުމަކަށް މަގުފަހި ވެފައިވާ، ތައުލީމީ އަދި އުފެއްދުންތެރި ބަޔަކަށް ހަދާ، އުމްރާނީ ގޮތުން ތަރައްގީވެ، އަސާސީ ހިދުމަތްތައް ތިޔާޤި، ޒަމާނީ ތަހުޒީބީ އިންތިޒާމް ތަކަކުން ތަރުތީބު ވެފައިވާ ބަޔަކަށް ދިވެހިން ހަދާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ރައީސް ސޯލިހަށް އޮތުމުން ކަމަށެވެ.
އަބުޅޯއަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ އަދި މިހާރު ވެސް ގާސިމު އިބްރާހީމުގެ އެޑްވައިޒަރެއްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
އަބުޅޯ ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމެވި އިރު ގާސިމު އިބްރާހީމުގެ ރަނިންމޭޓު އަމީން އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ ގިނަ އަދަދެއްގެ މެންބަރުން ވެސް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައެވެ.
ދެވަނަ ބުރުގައި ޖޭޕީން ނިންމާފައިވަނީ އެއްވެސް ޕާޓީއަކާ ކޯލި×ަން ނުހެދުމަށެވެ.