ads
ޑރ. މުއިއްޒު ސީއެންއެމްއަށް އިންޓަވިއު ދެއްވަނީ
ފޮރިން ޕޮލިސީގައި އިސްކުރާނީ ދިވެހިންގެ މިނިވަންކަން: މުއިއްޒު
ވެރިކަމަށް އިންތިހާބުވެގެން އެކުލަވާލާ ސަރުކާރެއްގެ ފޮރިން ޕޮލިސީ އެއްގައިވެސް އެއްމެ މުހިއްމު ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާނީ އަމިއްލަ، މިނިވަން ގައުމެއްގެ ގޮތުގައި އޮންނަން ލިބޭ ފުރުސަތު ކަމަށް، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މާލޭ ސިޓީގެ މޭޔަރުކަން ވެސް ކުރައްވާ ޑރ. މުއިއްޒު ސީއެންއެމް އެކްސްކްލޫސިވްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ދިވެހިންތަކެއް އިސްވެތިބެ ނިގުޅައިގެންފައިވާ ކަމަށާއި، އެއިން ކޮންމެ ފަހަރަކުވެސް އެމިނަވަންކަން އަލުން އަނބުރާ ހޯދަނީވެސް ހަމަ ދިވެހި އަބްތާލުންތަކެއްގެ އެތަކެއް ގުރުބާނީއެއް ވެގެން ކަމަށެވެ. އަދި ދިވެހިރާއްޖެ އަކީ ހިތި އަދި ފޮނި ވަރުގަދަ މާޒީއެއް އޮތް ގައުމެއް ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެ އަބްތާލުންތައް ދިވެހި ގައުމުގެ މިނިވަންކަން އަލުން އަނބުރާ ހޯދުމަށް ކުރެއްވި މަތިވެރި ޖިހާދުތަކުގަ ކޮޅުފައިންޖަހާ، ދިވެހިންގެ އަމިއްލަވަންތަކަން ދޫވެގެންދާތަން ބަލަން ހުންނަ މީހަކަށް ނުވާނެކަމަށާއި، އެގޮތަށް އެކަން ކުރަން ބޭނުންނަމަ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިނުލީސް ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ޔަގީންވާން. އެހެންވީމަ ރާއްޖޭގެ މަސްލަހަތު، ދިވެހިރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ފޮރިން ޕޮލިސީ އެއް އަޅުގަނޑު ގެންގުޅޭނީ. ވަކި ގައުމެއްގެ އެޖެންޓަކަށް ވާން އެއީކީއެއް އަޅުގަނޑުމެންގެ ގައުމުގެ މަސްލަހަތު އޮތް ކަމެއް ނޫން" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމާއެކު، އެމަނިކުފާނު އިންތިހާބުވެ، އުފެދޭ ސަރުކާރެއްގައި އެކުލަވާލާ ފޮރިން ޕޮލިސީގައިވެސް ވަކި ގައުމެއް އިސްނުކުރައްވާނެ ކަމަށާއި، އިސްކުރައްވާނީ ދިވެހިގައުމުގެ މިނިވަންކަމާއި، ދިވެހިންގެ އަމިއްލަވަންތަކަން ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ގައުމަކަށްވެސް ލިބިފައިވާ މިނިވަންކަމުގެ ހައްގު ދިވެހިރާއްޖެއަށްވެސް އޮންނާނެ ކަމަށާއި، އެކަމަށް އިހްތިރާމްކުރާ ގައުމުތަކާއެކު، އެއީ ކިތަންމެ ކައިރި ގައުމަކަށް ވިޔަސް އަދި ކިތަންމެ ދުރު ގައުމަކަށް ވިޔަސް، އެގައުމަކާއެކު ގާތްގުޅުމުގެއް ބޭއްވިދާނެކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރާއި ދެކޮޅަށް، އިދިކޮޅު ފަރާތްތަކުން އެއްމެ ބޮޑަށް ދައްކަމުންދާ އެއްވާހަކައަކީ، މިހާރުގެ ސަރުކާރުން މިގައުމުގެ މިނިވަންކަން ގެއްލުވާލައި، އަވަށްޓެރި އިންޑިއާއިން ބުނާގޮތް ނޫން އެހެން ގޮތަކަށް ހެދުމަށް ނުކުޅެދިދައިވާ ކަމަށާއި، އަދި ދިވެހިރާއްޖޭގެ ބައެއް އިންޑިއާ ސިފައިންގެ އަސްމަރުކަޒެއް ގާއިމްކުރުމަށް ދީފައިވާ ވާހަކައެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ. އަދި ދާދި ފަހުން އެމްއެންޑީއެފްގެ ޖެނެރަލުންތަކެއް ވަނީ، ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިންނެއް އަސްކަރީ މަސައްކަތްތަކުރުމަށް ނުވަތަ އަސްކަރީ މަރުކަޒެއް ގާއިމް ކުރުމަށް ގާއިމްވެ ނެތްކަމުގެ ޔަގީންކަން އަރުވާކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް