ads
ޝާކިއްޓޭ- ދިވެހި ޓީމުގެ ކޯޗު
ރާއްޖެ ކަޓުވާލައި ނޭޕާލް ސެމީއަށް
ސާފް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކަޓުވާލައި ސެމީ ފައިނަލުން ނޭޕާލް ފުރުސަތު ހޯދައިފިއެވެ.
Advertisement

ނޭޕާލް ސެމީ ފައިނަލަށް ދިޔައީ މިއަދު ކުޅުނު މެޗުގައި ހަތަރު ލަނޑު އެއް ލަނޑުން ރާއްޖެ ބަލިކޮށްގެނެވެ. މެޗު އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ސެމީގެ ފުރުސަތު އޮތް ނަމަވެސް ރާއްޖެ ވީ ބައްޔެވެ. މިއާއެކު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ހޯދި ޕޮއިންޓާ އެކު ރާއްޖެއަށް މުބާރާތް ނިމުނީ އެވެ.

ރާއްޖެއާ ޕާކިސްތާނު އަދި ނޭޕާލް ހިމެނުނު ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ޕާކިސްތާނު ސެމީއަށް ދިޔައިރު ދެވަނަ ޓީމުގެ ގޮތުގައި ސެމީން ފުރުސަތު ހޯދީ ނޭޕާލުންނެވެ. ރާއްޖެއަށް ޖެހުނީ އެންމެ ޕޮއިންޓަކާއެކު މުބާރާތް ނިންމާލާށެވެ.

ސެމީ ފައިނަލްގައި ޕާކިސްތާނާއި ނޭޕާލް ބައްދަލުކުރާ ޓީމެއް ޔަގީންވާނީ، މިއަދު އިންޑިއާ އާއި ބޫޓާން ބައްދަލުކުރާ ގުރޫޕް ބީގެ ފަހު މެޗަށް ފަހު އެވެ. ގުރޫޕް ބީ ގައި ވާދަކުރި ބަންގްލަދޭޝް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މި ގްރޫޕުން އިންޑިޔާ އަދި ބޫޓާންވަނީ ސެމީއަށް ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް