ads
އިންޑިއާގެ އަސްކަރީ މަނަވަރުގައި އެގައުމުގެ މީހުން ފުރަނީ-- ފައިލް ފޮޓޯ
އުތުރުތިލަފަޅުގަ މަރާމާތުކުރެވޭނީ ކުދި އުޅަނދުފަހަރު ތައް، މަނަވަރެއް ނޫން: އެމްއެންޑީއެފް
އުތުރު ތިލަފަޅަކީ އަސްކަރީ ބޮޑެތި މަނަވަރުތައް ބަނދަރުކޮށް މަރާމާތުކުރެވޭ ތަނެއް ނޫންކަމަށާ، އެތަނުގަ ތަރައްގީ ކުރަމުން އަންނަނީ 300 މީޓަރުގެ މަގަތު ފާލަމާއި، 500 ޓަނުން ދަށުގެ އުޅަނދުފަހަރު މަރާމާތުކުރެވޭ ސްލިޕްވޭއާއި ރިޕެއާ ފެސިލިޓީއެއްކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
Advertisement

ސިފައިން ރޭ ބުނީ އުތުރު ތިލަފަޅުގައި، އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެމްއެންޑީއެފުން ތަރައްގީ ކުރަމުން އަންނަނީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް ހުޅުމާލޭގައި މިހާރު އަަޅާފައިވާ 270 މީޓަރުގެ ސަރަހައްދުގެ ބަދަލުގައި ބޭނުންކުރާނެ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭ އަކާއި ރިޕެއާ ފެސިލިޓީއެއްކަމަށެވެ. 

"މިއީ ދިވެހި ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ދިވެހި ސަރުކާރުގެ މިލްކުވެރިކަން އޮތް އެމްއެންޑީއެފްގެ ތަނެއްކަން އެކިފަހަރުމަތިން ވާނީީ ހާމަކޮށްފަ. އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނޭޖަށްވުރެ އެތައް ގުނައެއް ބޮޑު އުޅަނދު ފަހަރަށްވާތީ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ޑޮކްޔާޑުގައި އެފަދަ ބޮޑެތި މަނަވަރުތައް އަޅާ މަރާމާތުކޮށް، އެހެލާ ބޭލުމަކީ ކުރެވޭނެކަމެއް ނޫންކަން ފާހަގަކުރަން،"

މި މަޝްރޫޢުއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާާފައި ބާއްވާނެ ބަނދަރެއް ނެތުމުންނާއި، މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ވަރަށް މުހިންމު މަޝްރޫއުއެއްކަމަށް ވެސް ސިފައިން ވަނީ ބުނެފައެވެ. 

"އަދި މިއީ ބޭރު ޤައުމެއްގެ ނޭވަލް ބޭސް އެއް ނޫންކަަން ތަކުރާރުކޮށް ދަންނަވަން،"

އެހެންކަމާއިއެކު މި މަޝްރޫޢާއި ގުޅޭގޮތުން ޙަޤީޤަތާއި ހިލާފު ކަނޑައެޅިގެން ދޮގު ވާހަަކަތައް ނުފެތުރުއްވުމަށް އިލްތިމާސް ކުރާކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް