ads
ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފު: ވިދާޅުވީ ފްލެޓް ރޭޓް ކަނޑައެޅުމުން ގާތްގަނޑަކަށް 31 އިންސައްތަ އާއި 52 އިންސައްތަ އާ ދެމެދަށް ކަރަންޓު ބިލް ކުޑަވާނެ ކަަމަށް - ފޮޓޯ:ސްޓެލްކޯ
ފްލެޓް ރޭޓް ކަނޑައެޅުމުން ކަރަންޓު ބިލް %50 އާ ހަމައަށް ކުޑަވާނެ: ޝަރީފް
ކަރަންޓު ރޭޓް ފްލެޓް ރޭޓަކުން ނަގާ ގޮތަށް ހަމަޖެހޭއިރު، ފުރަތަމަ ބޭންޑްގައި އިންނަ ރޭޓަށް ކަނޑައެޅިއްޖެނަމަ ގާތްގަނޑަކަށް 31 އިންސައްތަ އާއި 52 އިންސައްތަ އާ ދެމެދަށް ކަރަންޓު ބިލް ކުޑަވާނެ ކަަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement

ކަރަންޓު އަގު ހެޔޮ ކުރުމުގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއްވެފައިވާ ކަން ހާމަކުރައްވާ ޝަރީފް ވިދާޅުވީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތުގައި އެ ކަމާ ގުޅޭގޮތުން ގިނަ މަޝްވަރާތަަކެއް ކުރެވުނު ކަމަށެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ގެއެއްގައި ކަރަންޓު ރޭޓް ފްލެޓް ރޭޓަށް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ އެ މަޝްވަރާތަކުގެ އަލީގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިވަގުތު ސްޓެލްކޯގެ ކޮންޒިއުމަރުންގެ އަދަދަކީ 77،275 އަށް ވާއިރު، މީހުން ދިރިއުޅޭ ތަންތަނުގެ އަދަދު 60،509 އަށް އަރައެވެ. މާލެ ސަރަހައްދުގެ ކޮންޒިއުމަރުންގެ އަދަދަކީ 53،412 އެވެ.

ޝަރީފް ވިދާޅުވެފައިވަނީ މައިގަނޑު ގޮތެއްގައި 28 އިންސައްތަ ކޮންޒިއުމަރުން 600 ޔުނިޓަށް ވުރެ އިތުރަށް ކަރަންޓު ބޭނުން ކުރާ ކަަމަށެވެ. އޭރަށް ޓެރިފް ރޭޓް އިންނާނީ 4.25 ރުފިޔާއަށް އިތުރު ކުރެވިފައި ކަމަށާއި އެވްރެޖްކޮށް 500 ޔުނިޓަށްވުރެ ދަށުގައި 40 އިންސައްތަ އުޅޭއިރު، ބޮޑުބައެއް އުޅެނީ 500 ޔުނިޓަށްވުރެ މަތީގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ފްލެޓް ރޭޓެއް ކަނޑައެޅޭއިރު، އެންމެ ފުރަތަމަ ބޭންޑްގައި އިންނަ ރޭޓަށް ކަނޑައެޅިއްޖެ ނަމަ ގާތްގަނޑަކަށް 31 އިންސައްތަ އާއި 52 އިންސައްތަ އާ ދެމެދަށް ކަރަންޓު ބިލް ކުޑަވާނެ ކަމަށް އަންދާޒާތަކުން ދައްކާ ކަމަށެވެ. ޓެރިފް ރޭޓްގެ ގޮތުގައި ކަނޑައެޅޭނެ މިންވަރަކާ ގުޅޭގޮތުން ކުންފުނިތަކުގެ އިތުރުން ކަމާ ގުޅުންހުރި އޮތޯރިޓީ އާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް