
މިއަދު ރާއްޖޭ ގަޑިން މެންދުރު 12:45 ގައި ފަށާ ރާއްޖެ- ނޭޕާލު މެޗު އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ސެމީން ފުރުސަތު ލިބޭނެއެވެ. މި ގްރޫޕުގައި ރާއްޖެއާ ނޭޕާލާއެކު ދެން ހިމެނެނީ ޕާކިސްތާނެވެ. ޕާކިސްތާނުންވަނީ ފުރަތަމަ މެޗުގައި ނޭޕާލު އެއް ލަނޑުން ބަލިކޮށް އަދި ދެވަނަ މެޗުގައި ރާއްޖެއާ އެއްވަރުކޮށްފައެވެ. ތިން ޓީމު ހިމެނޭ ގްރޫޕުގެ އެއްވަނައިގަ ޕާކިސްތާނު އޮތީ ހަތަރު ޕޮއިންޓާއެކުއެވެ.
މިއަދު ކުޅޭ މެޗުން މޮޅުވާ ބަޔަކަށް ސެމީގެ ފުރުސަތު ލިބޭނެއެވެ. މެޗު އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ފުރުސަތު ލިބޭނެއެވެ. ނޭޕާލަށް އޮތް ހަމައެކަނި ފުރުސަތަކީ ރާއްޖެ ބަލިކުރުމެވެ. އެހެންނޫން ނަތީޖާއަކުން ނޭޕާލަކަށް ފުރުސަތެއް ނެތެވެ.
މިއަދުގެ މެޗަށް ދިވެހި ޓީމު ނުކުންނައިރު، އަމިއްލަ ބާރުގައި ސެމީގެ ފުރުސަތު ތަނަވަސްވެފައި އޮތުމަކީ، ލިބޭ ހިތްހަމަ ޖެހުމެއް ކަމަށް ދިވެހި ޓީމުގެ ކޯޗު، އަހްމަދު ޝާކިރު- ޝާކިއްޓޭވަނީ ބުނެފައެވެ.
"ފުރިހަމަ އަމިއްލަ ބާރު އެބަ އޮތް ސެމީގެ ފުރުސަތެއް ހޯދުމުގަ، އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އިރާދަ ކުރެއްވިއްޔާ ނޭޕާލް ބަލިކޮށްފަ ކުރިއަށް ދެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބަ އޮތް."