ads
ހަސަން ލަތީފު އިދިކޮޅު ބައެއް މެންބަރުންނާއެކު---
ޑިމޮކްރެޓުންގެ ރައީސް ކަމަށް ހަސަން ލަތީފު ވާދަ ކުރައްވަނީ
ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ވާދަ ކުރައްވަން ހަސަން ލަތީފު ނިންމަވައިފިއެވެ.
Advertisement

ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވާ އިރު އެ ޕާޓީގެ ރައީސް ކަމަށް ވާދަ ކުރައްވަން ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި ހުސައިން އަމުރު ވެސް ވަނީ ނިންމަވާފައެވެ. 

ޑިމޮކްރެޓުންގެ މުއައްސިސްގެ ގޮތުގައި ހުންނެވި ހަސަން ލަތީފު ގެންދަވަނީ އެ ޕާޓީގެ ވަގުތީ ޗެއާރޕާސަން ކަން ވެސް ކުރައްވަމުންނެވެ. 

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކޮށް ޑިމޮކްރެޓުންވަނީ 15839 ވޯޓު ހޯދާފައެވެ. ޑިމޮކްރެޓުންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާފައިވަނީ ހުޅުދޫ ދައިރާގެ މެންބަރު އިލިޔާސް ލަބީބެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް