ads
ރާއްޖެ- ޕާކިސްތާނު މެޗުގެ ތެރެއިން
ރާއްޖެއާ އެއްވަރުކޮށް ޕާކިސްތާނު ސެމީއަށް
ނޭޕާލްގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ފަހު ވަގުތު ރާއްޖެއާ އެއްވަރުކޮށް، މުބާރާތުގެ ސެމީން ޕާކިސްތާނު ފުރުސަތު ހޯދައިފިއެވެ.
Advertisement

ރާއްޖެއާ ޕާކިސްތާނު މިއަދު ކުޅުނު މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. ޕާކިސްތާނުން އެއްވަރުކުރީ ރާއްޖޭން ލަނޑެއް ޖަހާފައިވަނިކޮށް މެޗުގެ ފަހު ދިހަވަރަކަށް މިނިޓްގެ ތެރޭގައެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ރާއްޖޭގެ ހަމައެކަނި ގޯލު ޖަހައިދިނީ ކެޕްޓަން ޝަނާން ރަޝާދެވެ.

ބުރާސްފަތި ދުވަހު ފެށި މުބާރާތުގައި ރާއްޖެ ހިމެނެނީ ޕާކިސްތާނާއި ނޭޕާލާ އެކު ގުރޫޕް އޭގަ އެވެ. ފުރަތަމަ ދުވަހު ޕާކިސްތާން ވަނީ 1-0 އިން ނޭޕާލް ބަލިކޮށްފަ އެވެ. އެހެންކަމުން ތިން ޓީމު ހިމެނޭ ގްރޫޕުން ދެ މެޗުން ހަތަރު ޕޮއިންޓާއެކު ޕާކިސްތާނުވަނީ ސެމީ ކަށަވަރުކޮށްފައެވެ.

މި ގުރޫޕްގެ ފަހު މެޗުގައި ހޯމަ ދުވަހު މެންދުރު ރާއްޖެ ގަޑިން 12:45 ގައި ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ރާއްޖެއަށް ސެމީ ފައިނަލަށް ދެވޭނެ އެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް