
މެސީ ވޯލްޑްކަޕް ޓްރޮފީއާއެކު
ވޯލްޑްކަޕުން ދެން ފެންނާނެ ކަމެއް ނޭނގޭ: މެސީ
ސްޕޯޓްސް ޓީމް
23 ސެޕްޓެމްބަރ 2023 - 14:45:25
އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅެވޭނެ ކަމެއް ނޭނގޭ ކަމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ، އާޖެންޓީނާގެ ލިއޮނަލް މެސީ ބުނެފިއެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅެވޭނެ ކަމެއް ނޭނގޭ ކަމަށް މެސީ ބުނީ އާޖެންޓީނާގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިޔުއެއްގައެވެ.
މެސީ ބުނީ ދެން އަންނަ ވޯލްޑްކަޕަށްވާއިރު އޭނާގެ އުމުރުން 39 އަހަރުވާނެތީއާއެކު، އެ މުބާރާތުގައި ކުޅެވިދާނެ ކަމެއް ނޭނގޭ ކަމަށެވެ. މިހާރު އެމެރިކާގައި ކުޅެމުން އަންނަ މެސީ ބުނި ގޮތުގައި މި ވަގުތު ގައުމީ ޓީމާއެކު އޭނާގެ ފޯކަސް ހުރީވެސް އަންނަ އަހަރު އޮންނަ ކޮޕާ އެމެރިކާ މުބާރާތެވެ.
އަހަރެންނަކަށް ނޭގެ 2026 ވަނަ އަހަރު އަހަރެންނަށް ގައުމީ ޓީމާއެކު ވޯލްޑްކަޕުގައި ކުޅެވިދާނެ ކަމާމެދު އެއްޗެއް ބުނާކަށް. އެއީ އަދި ވަރަށް ފަސް، އަހަރެންގެ އުމުރުން އޭރު 39 އަހަރުވާނެ، އެހެންވީމާ އެކަމަށް އެއްޗެއް ބުނާކަށް ނޭނގޭ. އަހަރެންގެ ހުރިހާ ފޯކަސްއެއް މިވަގުތު ހުރީ އަންނަ އަހަރު އޮންނަ ކޮޕާ އެމެރިކާއަށް،
ދެން އޮންނަ ވޯލްޑްކަޕުގައި ކުޅެވޭނެކަން ނޭނގޭ ކަމަށް މެސީ ބުނެފައިވާއިރު، އެންމެ ފަހުން އޮތް ވޯލްޑްކަޕުގައި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައި މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މެސީއެވެ.
67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް