ads
ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތީގެ ގުރުއަތު ނެގުން: ގޯތި ހަވާލުކުރުން ހަވީރު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އޮންނާނެ - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ބިންވެރިއާ ގޯތި ދޫކުރަން ހުޅުމާލެ ހިއްކަން ފަށައިފި
ރައީސް ސޯލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރި ބިންވެރިއާ ސްކީމުން ގޯތި ދޫކުރަން ހުޅުމާލޭގެ ތިންވަނަ ފިޔަވަހި މިއަދު ހިއްކަން ފަށައިފިކަމަށް އާބަން ކޯއިން ބުނެފިއެވެ.
Advertisement

އެންމެ ޒަމާނީ ވަސީލަތްތައް ތިން ވަނަ ފިޔަވަހީގަ ގާއިމްކޮށްދޭނެކަމަށް އާބަންކޯއިން ބުންޏެވެ. 

"މަގުތަކާއި ބްރިޖްގެ އިތުރުން ހިތްގައިމު ޕާކްތައް ހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ މިއީ ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރުމަށްޓަކައި ކުރިއަށް އެޅޭ ފިޔަވަޅެއް" -އާބަންކޯ-

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ އިތުރުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރު ފަޅުގަ ބޯހިޔާވަހިކަމާ، ސިނާއީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަށް ހާއްސަ މަޝްރޫތަކެއް އަންނަނީ ހިންގަމުންނެވެ. 

މާލޭގައި އުޅޭތާ 20 އަހަރުވީ މީހުންނަށް ފްލެޓާއި ގޯތި ދިނުމަށް ނިންމާ އާ ހައުސިން މަޝްރޫއެއް ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ވަނީ އިއުލާނުކުރައްވާފައެވެ. 

"އަޅުގަނޑުމެން މިކިޔާ ދަފުތަރުގައި ޖެހިފައި 20 އަހަރަށްވުރެ ގިނަ ދުވަހު ތިބި މީހުންނާއި، އަދި މާލޭގައި 20 އަހަރަށްވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭ ހުރިހާ އެންމެންނަށް އިރާދަ ކުރެއްވިއްޔާ އެ ހައުސިން ސްކީމުގެ ތެރޭގައި ފްލެޓާއި ގޯތި ދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ގަލޮޅު ކަންމަތީގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގަ ރައީސް ސޯލިހު ވިދާޅުވީ ދަފުތަރުގައި ޖެހިފައި ތިބޭތާ 20 އަހަރުވެފައިވާ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް ގޯއްޗާއި ފުލެޓު ދިނުމަށް އިތުރު ހައުސިން މަޝްރޫއެއް އިއުލާން ކުރަން ތައްޔާރުވަމުންދާ ކަމަށެވެ. 

"އެކަމުގެ ސިޔާސަތުތައް މިދިޔަ ދެތިން ދުވަހަކު އަޅުގަނޑުމެން އެވަނީ ކަނޑައަޅާފައި. ދެން އޮތީ ފައިނަލްކޮށް އެކަން އިއުލާން ކުރުން. އިރާދަ ކުރެއްވިއްޔާ މާލޭގެ ރަށްވެހިންނަށް، މާލޭއަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް އަޅުގަނޑުމެން ގެނެސްދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު މިރޭ ވިދާޅުވީ ކަސްޓަމްސްއާއި ގައުމީ ޔުނިވާސިޓީ އަދި ކަރެކްޝަނުގައި އުޅޭ މީހުންނަށް ފްލެޓު ދިނުމަކީ އެމަނިކުފާނު އެއްބަސްވެވަޑައިގެންފައިވާ ކަމެއް ކަމަށާއި އޭގެތެރެއިން ކަސްޓަމްސްގެ މީހުންނަށް ފްލެޓުތައް ދިނުމަށް މިއަދު ލިސްޓު ހަވާލުކޮށްފައިވާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލޭގައި ދިރިއުޅޭތާ 40، 50 އަހަރުވީ ބައެއް މީހުން އެބަތިބި ކަމަށާއި އެފަދަ ބައެއް މީހުންނަކީ އެމީހުން އުފަން ރަށުގައި ދިރިނޫޅޭތީ ބޯހިޔާވަހިކަން ރަށުން ނުލިބޭނެ މީހުން ކަމަށެވެ. އަދި ސިޔާސަތުތައް ހުރި ގޮތުން އެފަދަ މީހުންނަށް މާލޭގައި ވެސް ބޯހިޔާވަހިކަން ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

 

ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ބިންވެރިޔާގެ ނަމުގައި މާލޭގެ ރަށްވެހިންނަށް ގޯތި ދީފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުުށަހެޅި ފަރާތްތަކުގެ ތެރެއިން 19،639 ފަރާތަކަށް ގޯތި ދިނުމަށްވަނީ ނިންމާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް