ads
މާރިޔާ އަހުމަދު ދީދީ
އެއްލައްކަ އަކަފޫޓުގެ ބިމުގަ ސިފައިންނަށް ފްލެޓްތަކެއް އަޅައިދެނީ
ހުޅުމާލޭ ދެވަނަ ފިޔަވަހިން ސިފައިންނަށް ހަމަޖައްސާފައިވާ އެއްލައްކަ އަކަފޫޓުގެ ބިމުގައި ފްލެޓްތަކެއް އެޅުމަށް ނިންމާފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން މާރިޔާ މިއަދު ވިދާޅުވީ އެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދަވަނީ ރައީސް ސޯލިހުގެ ދެވަނަ ދަރުގަ ކަމަށެވެ. 

"ސިފައިންނަށް ބޯހިޔާވަހިކަން ހޯއްދައިދިނުމަށް ކުރާ މަސައްކަތުގެ ތެރޭން މިހާރު ސަފައިންނާއި ސިފައިންގެ އާއިލާތައް ދިރިއުޅުއްވާ ބަނޑޭރި ކޮށި ތަރައްގީކުރުމުގެ ޕްލޭނެއްވެސް އަޅުގަނޑުމެން އެބަ ގެންގުޅެން،" - މާރިޔާ-

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެޅި "ސިފްކޯ ހިޔާ" ފްލެޓުތައް ލިބުނު ފަރާތްތަކަށް ފްލެޓުގެ ތަޅުދަނޑި ރަސްމީކޮށް މި ސެޕްޓެމްބަރުމަހު ވަނީ ހަވާލުކުރަން ފަށައިފިފައެވެ. 

"ސިފްކޯ ހިޔާ" ފްލެޓުތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑިތައް ހަވާލުކޮށްދެއްވަން ފެއްޓެވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް އާއި އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. "ސިފްކޯ ހިޔާ" ފްލެޓުތައް ލިބުނު އާއިލާތަކަށް، ލިބޭ ފްލެޓް ކަނޑައަޅާފައިވަނީ ގުރުއަތު ލައިގެންނެވެ. މި ގުރުއަތުލުން ބާއްވާފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ.

ތިން ޓަވަރަކަށް ތަރައްގީކޮށްފައިވާ މި ފްލެޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރަން ފަށާފައިވަނީ ޓަވަރު "އޭ" އިން ފްލެޓް ލިބުނު ފަރާތްތަކަށެވެ.

މި މަޝްރޫއުގައި ޖުމްލަ 691 ހައުސިން ޔުނިޓް ތަރައްގީކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ "ސިފްކޯ ހިޔާ" ގައި ހިމެނޭ 330 ފްލެޓާއި ފުލުހުންގެ "ޕޮލްކޯ" ގައި ހިމެނޭ 361 ހައުސިން ޔުނިޓެވެ. މިއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި ހުރެއެވެ. 

މީގެ 10 އަހަރުކުރިން ފެށި މި ދެ މަޝްރޫއުގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ނޫމަޑި ކުންފުންޏާއެވެ. އެހެންނަމަވެސް އެކި މައްސަލަތަކާ ދިމާވެ ނޫމަޑި އާއެކު ހަދާފައިވާ އެއްބަސްވުން އޭރުގެ ސަރުކާރުން އުވާލާފައިވަނީ 2016 ވަނަ އަހަރުއެވެ.

އެއަށްފަހު އެ ދެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް އާއެވެ. މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާ އެކު، އެ ކުންފުނި އަތުން މަސައްކަތް ނެގުމަށްފަހު ފުލުހުންގެ ފްލެޓުތައް އެޅުމުގެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. ސިފައިންގެ ފްލެޓުތަކުގެ މަސައްކަތް ނިންމާފައިވަނީ ޗައިނާގެ ކުންފުންޏަކުންނެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް