
ޑރ. މުއިއްޒު ބ، ހިތަދޫގަ: ފޮޓޯ ޕީޕީއެމް
ހަގީގީ އަނިޔާވެރިކަން ނައްތާލާނާން: މުއިއްޒު
ގުފްތަގް އަޖީރު
22 ސެޕްޓެމްބަރ 2023 - 16:18:25
ހަގީގީ އަނިޔާވެރިކަން އޮތީ މި ސަރުކާރުގަ ކަމަށާއި ހަގީގީ އަނިޔާވެރިކަން ނައްތާލާނެކަމަށް، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. ކަމަދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ، އަނިޔާވެރީ ޕީޕީއެމްގެ ސަރުކާރުކަމަށް ބުނެ އެމްޑީޕީން ފަތުރަނީ ދޮގެއްކަމަށެވެ.
"އަސްލު ހަގީގަތުގަ އަނިޔާވެރިވަމުން އަންނަނީ މި ސަރުކާރުން. އެކަން ބަދަލުކޮށް އަނިޔާވެރިކަން އެއްކޮށް ނައްތާލާނަން، އަޅުގަނޑުގެ ވެރިކަމެއް އަނިޔާވެރިވާނެކަމަށް ބުނެ އެމްޑީޕީން ދައްކަމުން އަންނަނީ ދޮގު ވާހަކަތަކެއް،" - ޑރ މުއިއްޒު-
މުއިއްޒު ވިދާޅުވީ ޖިސްމާނީ ގޮތުން ނޫނަސް، ވަޒީފާ ދިނުމަށްފަހު ވަޒީފާގެ ބިރު ދެއްކުމަކީވެސް އަނިޔާވެރިކަން ކަމަށެވެ.
"ކޮންމެ ރަށެއްގައި ޒުވާނުންނަށް ވަޒީފާ ދީފައި ބިރުދެއްކުމަކީ އަނިޔާވެރިކަން. އެކަމަކީ ނަފުސާނީ އަނިޔާއެއް. ސަފަށް އަރައި، ސަލާން ކޮށްލައިފިއްޔާ ވަޒީފާ އިން ކަނޑާލާނަމޭ. މިކަން ދިމާވެއްޖެ ބައެއް ރަށްތަކުގައި،"
މުއިއްޒުވިދާޅުވީ ދެވަނަ ބުރުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ޔާގީންކަން ބ އަތޮޅުންވެސް ލިބިވަޑައިގެންފިކަމަށެވެ. ރައީސް ސޯލިހު ބަލިކުރައްވާނެކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް