
ގިނަ އަދަދެއްގެ ކޮލެޖު/ޔުނިވާސިޓިތަކުން ބައިވެރިވާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ފައިސަލް ނަސީމެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ނާއިބު ރައީސް ވަޑައިގެންނެވުން
މުބާރާތް ކުރިއަށްދާނީ މި މަހުގެ 21 އިން ފެށިގެން މިއަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. ހުރިހާ މެޗުތަކެއްވެސް ކުޅެނީ ހުޅުމާލޭ ރެހެންދި ޓާފުގައެވެ. މިފަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭހެން ޖުމްލަ 31 ޓީމު ވަނީ ބައިވެރިވެފައެވެ.
މުބާރާތުގެ ފުރަތަމަ ރޭގައި ކުޅުނީ ފިރިހެން ޑިވިޝަނުގެ ތިން މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ވިލާ ކޮލެޖާއި އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޓީމެވެ. މި މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ވަރުގަދަ ސްކޮޑަކާއެކު މުބާރާތާއި ކުރިމަތިލި ވިލާ ކޮލެޖުންނެވެ.
ދެވަނަ މެޗުގައި އެމްއެންޔޫ ބިޒްނަސް ސްކޫލާއި ފެކަލްޓީ އޮފް އެޑިއުކޭޝަން ވާދަކުރިއިރު، މި މެޗު 4-1 އިން ކާމިޔާބުކުރީ އެމްއެންޔޫ ބިޒްނަސް ސްކޫލް ޓީމުންނެވެ. ތިންވަނަ މެޗުގައި ބައްދަލުކުރީ ކްލިކް ކޮލެޖާއި ސްކޫލް އޮފް މެޑިސިންއެވެ. މި މެޗު 3-1 އިން ކާމިޔާބުކުރީ ކްލިކް ކޮލެޖުންނެވެ.