ads
ލަވަކިއުންތެރިއާ އެމްޑީޕީއަށް ސޮއިކުރުން
މަޝްހޫރު ލަވަކިއުންތެރިއާ އުނޫޝާ އެމްޑީޕީއަށް ސޮއިކޮށްފި
މަޝްހޫރު ލަވަކިއުންތެރިއާ މަރިޔަމް އުނޫޝާ (ކިޑީ) އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

އުނޫޝާ އެމްޑީޕީއަށް މިއަދު ސޮއިކުރުމަށްފަހު ވަނީ ރައީސް ސޯލިހާ ޕާޓީގެ ފޯމު ހަވާލުކޮށްފައެވެ. 

ކިޑީ އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު، މީގެ ކުރިންވެސް ލަވަކިއުންތެރިންނާ މަޝްހޫރު ފަންނާނުން ވަނީ ރައީސް ސޯލިހަށް ތާއީދު ކޮށްފައެވެ. 

އެމްޑީޕީން ބޭއްވި "އުފާވެރި މާލެ" ޖަލްސާގަ ވެސް ގިނައަދެއްގެ މަޝްހޫރު ފިލްމީ ތަރިން ވަނީ ބައިވެރިވެފައެވެ.  

ސަރުކާރުގެ ސިޔާސަތަކީ ހުނަރާއި ފަންނު ހުރި ޒުވާނުންނަށް ކުރިއަރާ ދިއުމަށް މަގުކޮށައިދީ ތަފާތު ދާއިރާތަކުން އުފެއްދުންތެރި ޒުވާނުން ބިނާކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. 

ރައީސް ސޯލިހުގެ މެނިފެސްޓޯގެ "ސްކިލްޑް ޒުވާނުން" ގެ ވައުދުތައް: 

  • ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ހިއުމަން ރިސޯސް ޕްލޭން ހަދާ، އެ ހިއުމަން ރިސޯސް ޕްލޭންއާ އެއްގޮތަށް ޒުވާނުން ބޭނުންވާ ދާއިރާތަކަށް ފުރުސަތު ހޯދައިދޭނެ.

  • އިސްލާމިކް ސެންޓަރ އޮފް އެކްސެލެންސް މެދުވެރިކޮށް ޒުވާން ސްކޮލަރސް އުފައްދާ، ދީނީ އިލްމީ ދިރާސާތައް ކުރުމަށް އިންސެންޓިވައިޒް ކޮށްދޭނެ.

  • ސަރަހައްދީ ދަނާލު ގާއިމުކޮށް އެ ސަރަހައްދުތަކަށް ކިޔެވުމަށް އަންނަ ފަރާތްތަކަށް ދަނާލުގައި ހުރެވޭނެ އިންތިޒާމު ހަމަޖައްސާނެ.

  • ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިގްރީއާ ހަމައަށް ކިޔެވޭނެ ފުރުސަތު ހޯދައިދޭނެ.

  • މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެހީގެ އުސޫލު ރިވިއުކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މައާފުކުރާނެ. އަދި ލޯނު އަނބުރާ ދައްކަން ލިބޭ ގްރޭސް ޕީރިއަޑް މަދުވެގެން 1 އަހަރު ދުވަސްދޭނެ.

  • ނެޝެނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޕްރޮގްރާމް ފުޅާކޮށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ޕްރޮގްރާމްގައި ބައިވެރިވެވޭނެ ފުރުސަތު ހޯދައިދޭނެ.

  • ސަނަދު ނެތް ފަރާތްތަކުގެ ތަޖުރިބާއަށް ސަނަދު ހޯދައިދޭ ނިޒާމު (ޓްރޭޑް ޓެސްޓިންގް) ފުޅާކޮށް، އަޕްސްކިލިންގް/ރީ-ސްކިލިންގް ފުރުސަތުތަކާއެކު 'ސެޓިފައިޑް ޕްރޮފެޝަނަލްސް' ތައާރަފްކުރާނެ.

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް