ads
ފޮޓޯ/ގޫގްލް
ލޯބިވެރިޔާ އަށް ފޮނުވީ ފޮޓޯ، އެންމެފަހުން ވީ ސިހުރަށް
މިއީ މެދުރާއްޖެތެރެއަށް ނިސްބަތްވާ އަންހެން ކުއްޖަކަށް ދިމާވި ހަގީގީ ހާދިސާއެކެވެ. އެ ޒުވާނާ އަންނަނީ މިހާރުވެސް އެކަން ތަހައްމަލު ކުރަމުންނެވެ. އާފިޔާ އެވޭނުގައި އުޅޭތާ މިހާރު ތިން އަހަރުވެއްޖެއެވެ. ނަމަވެސް އާފިޔާ އަށް މަޖުބޫރުވެފައިވަނީ އެވާހަކަތައް ސިއްރުކުރުމަށެވެ.

ދުނިޔޭގެ އެހެންގައުމުތަކޭ އެއްގޮތަށް ރާއްޖޭގައިވެސް ވަރަށް ބޮޑަށް ސޯޝަލް މީޑިޔާ ވަނީ އާންމުވެފައެވެ. އޭގެ ސަބަބުން ދިވެހި ޒުވާނުން ވަރަށް ގިނައިން ފޮޓޯ ތައް ސޯޝަލް މީޑިޔާ އަށް ދޫކޮށްލެވެ. 

އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާ އަކުން ސަލާމަތްވެތިބުގެ ބޭނުމުގައެވެ.

މި ވާހަކަތައް އާފިޔާ ދުރުމީހުންނަށް ކިޔައިނުދިން ނަމަވެސް އާއިލާ އަށް އެނގުނީ އޭނާ އުޅޭ އުޅުމަށް އައި ބަދަލުންނެވެ. އާފިޔާ އޭނާގެ މި ވާހަކަ "ސީއެންއެމް" އަށް ކިޔައިދެމުން ބުނީ މި ކަމެއްދިމާވީ އުމުރުން 19 އަހަރުގަކަމަށެވެ. 

ފިރިހެން ކުއްޖަކާއި ލޯބީީގެ ގޮތުން އާފިޔާ ގުޅުނު ކަމަށާއި، އެއީ ކުލަބު ހައުސް އިން ދިމާވި ކުއްޖެއް ކަމަށެވެ. އެ ކުއްޖާ އާއި ވާހަކަ ދެކެވެނީ ފޯނުން ކަމަށާއި، އެހެންކަމުން ކޮންމެ ރެއަކު އޭނާ އަށް ގުޅައިގެން އޮވެވެނީ ކަމަށެވެ.

ފޯނު ކޯލުގައި ގިނަވަގުތު ހޭދަވަމުން ދިޔަ އިރު ބައެއް ރޭރޭ ވާހަކަ ދައްކަމުން ގޭގެ ބޭރު ޖޯލީގައިވެސް އޮންނަ ކަމަށެވެ. އަދި ވާހަކަ ދައްކަން އެތައް އިރެއް ހޭދަވާކަމަށެވެ. 

 އާފިޔާ ދިިޔައީ އިހުސާނު އަށްޓަކާއި ބުނި ކޮންމެ ކަމެއް ކުރަމުން ކަމަށެވެ. 

"އިހުސާނު ބުނީ ލޯބި ވަންޏާ ބުނި ކޮންމެ ގޮތެއް ހަދަންވާނެޔޭ އޭރުންނޭ އިންނާނީ. އަހަރެން އޭނާދެކެވީ ލޯބިން އައީ ބުނި ކޮންމެ ކަމެއް ކުރަމުން. ބައެއް ރޭރޭ ދަންވަރު އަނދިރީގައި ލޯބީގެ ގުޅުންތައް ހިންގަން " 

އިހުސާނު އާއި އެކު އުފެދުނު އެ ގުޅުމުގައި އާފިޔާ އަށް އިހުސާން ދެކެ ލޯބިވެވުނީ އިންތިހާ އަށް ކަމަށެވެ. 

"އެއްރޭ ބޭރު ޖޯލީގައި ފޯނުގައި އޮއްވާ އިހުސާން އަހަންނަށް ގުޅައިގެން ލޯބިން ކަންފަތް ދަށުގައި ވާ ވާހަކަ ދައްކަންފެށި. އިހުސާސްތަކާއި ކުޅެލަން ފެށި. އަހަރެންގެ ނަފްސާއި ޖިސްމު އެރޭ އޭނާ އަށް ދެވުނު،" 

އަދި ބުނިގޮތަށް ކަންތައް ކުރަމުން އައި ކަމަށާއި، ކުއްލިއަކަށް ކާއިރިން މީހެއްގެ ހޫނު ނޭވާ އެއް އިހުސާސް ވި ކަމަށެވެ. ނަމަވެސް އެވަގުތު އެއީ މާބޮޑު ކަމަކަށް ނަހާދާ ކަމަށެވެ. އެ ކޯލުގައި އެރޭ ތިނެއް ޖަހަންދެން އޮވެވުނު ކަމަށެވެ.

ޖެހިގެން އައިދުވަހު އިހުސާން ވަރަށް ހެނދުނު ގުޅި ކަމަށާއި، އިހުސާނު ބުނީ މި އުޅެނީ ކުއްލިއަކަށް އޭނާގެ ބަައްޕަ ބަލިވެ ރާއްޖެއިން ބޭރަށް ފުރުމަށް ކަމަށެވެ. އެހާ ހިސާބުން ހަފްތާ އަކަށް އިހުސާން އިންޑިޔާ އަށް ފުރި ކަމަށެވެ. ކޮންމެ ރެއަކު ލޯބިވެރިޔާ އެކު ފޯނު ކޯލުގައި އޮންނަ އާފިޔާ އެރޭ އިހުސާން މަތިިން މާބޮޑަށް މިސްވާން ފެށި ކަމަށެވެ.

އެންމެފަހުން އާފިޔާ ބުނީ ބޭރަށް ނުކުތް ކަމަށެވެ. އަދި ޖޯލީގައި އޮތީ ކަމަށެވެ. ފޯނުން އިހުސާން އަށް މެސެޖު ކޮށްކޮށް އޮއްވާ އާފިޔާ ނިދިޖެހުން ފެށި ކަމަށެވެ. އެރޭ އާފިޔާ އަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށް ކަމަށްވެސް އާފިޔާ ބުންޏެވެ. ހޭލެވުނުއިރު ލައިގެން ހުރި ހެނދުންވެސް ނެތްކަމަށެވެ. 

ކުއްލިއަކަށް ހޭލެވުނު އާފިޔާ އަވަސްއަވަހަށް ހެދުންލާއިގެން ގޭ އެތެރެއަށްވަނެވެ. އަދި އެތަން މިތަނުގައި ރިއްސާތީ ލޯގަނޑު ކުރިމައްޗަށް އަރާ ބަލާލީ ކަމަށެވެ. އަދި އެހާ ހިސާބުން އާފިޔާ ބިރުގަތް ކަމަށްވެސް އާފިޔާ ބުންޏެވެ.

އާފިޔާގެ ހަށިގަނޑުން ރޫހާނީ އެއްޗެއްގެ އެނދުން ފުއްދާފައިވާ ކަން އޭނާ އަށް ޔަގީންވި ކަމަށެވެ. ބިރުން އެވާހަކަ މަންމަ މެން ކައިރީ ބުނަވެސް ބޭނުންވި ކަމަށާއި، އެ ހިތްވަރުވެސް ނުލިބުނު ކަމަށެވެ. މިހާރު އެވޭނުގައި އާފިޔާ އުޅޭތާ ތިން އަހަރު ވެއްޖެއެވެ. އާފިޔާ ބުނީ އޭނާގެ އުފަލަކީ ދަންވަރުގެ ހަމަހިމޭން ކަން ކަމަށެވެ،.

ނަމަވެސް އާފިޔާގެ އުޅުމަށް އައިސްފައިވާ ބަދަލުގެ ސަބަބުން އާއިލާ މީހުން އާފިޔާއަށް ފާރަލީއެވެ. ހަދާނަހަދާ ގޮތްބެލީއެވެ. އެންމެފަހުން ރުގުޔާ ކުރާ މީހަކުގެނެސް އެ އާއިލާއިން ވާގިލޮތް ބެލީއެވެ. އާފިޔާ އަށް ޖެހިފައި ހުރި ސިހުރެއް ކަމަށް އެމީހާ ނިންމީއެވެ. އެއީ އާފިޔާ ފޯނުން ވާހަކަ ދައްކަމުން އައި އޭނާގެ ލޯބިވެރިޔާގެ އަންހެނުން ކުރި ކަމެއް ކަމަށްވެސް ރުގުޔާ ކުރި މީހާ ބުންޏެވެ.

އާފިޔާ އަށް ސިހުރު ހަދާފައިވަނީ ލޯބިވެރިޔާ އިހުސާނުގެ ފޯނަށް ފޮނުވާފައިވާ ޒާތް ޒާތުގެ ފޯޓޯ ބޭނުން ކޮށްގެން ސިހުރުވެރިޔަކު ލައްވާ ކަމަށެވެ.

އޭގެ ސަބަބުން އިހުސާން ރާއްޖެއިން ބޭރަށް ދިޔައީ ކަމަށާއި، އެއްކޮށް އާފިޔާ މަތިން އޭނާގެ ހިތް ކެނޑުނު ކަމަށެވެ. އަދި ސިހުރުގެ ސަބަބުން ޖިއްނިއަށް އާފިޔާ ފެނި ލޯބިވެވުނު ކަމަށްވެސް ރުގުޔާކުރާ މީހާ ބުންޏެވެ. 

24%
ކަމުގޮސްފި
47%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް