ads
ހިޔަނި
މިއަދު މެންދުރު ހިޔަނި އެއްކޮށް ގެއްލޭނެ
މިއަދު މެންދު ރާއްޖޭ ހިމެނޭ ސަރަހައްދުގެ ގައުމުތަކަށް އެއްކޮށް ހިޔަނި ގެއްލޭނެކަމަށް، ފަލަކީ އިލްމާ ގުޅޭ ބައެއް ވުޒާރާތަކުން ހާމަކޮށްފިއެވެ.

މިގޮތުން އަވަށްޓެރި އިންޑިއާގެ ބައެއް ސިޓީތަކުގައިވަނީ މިއަދު މެންދުރު އިރު މެދުޖެހޭ ވަގުތު "ނޯ ޝެޑޯ ޑޭ" ފާހަގަކުރަން ނިންމާފައެވެ. 

މިއަދު މެންދުރު ހިޔަނި ގެއްލެނީ އިރު މެދު ޖެހޭ ވަގުތު ސީދާ ދުނިޔޭގެ މެދުއި އޮލަނބަށް އިރު ހުންނާތީއެވެ. 

އިންޑިއާގެ ބެންގަލޫރުގައި މިއަދު މި ދުވަސް ފާހަގަ ކުރާނީ އިންޑިއާގަޑިން 12:24 ގައެވެ. އަދި ޗެންނާއީ އަދި މަންގަލޫރުގައިވެ ވެސް މިިދުވަސް ފާހަގަކުރާނެއެވެ. 

އެ ސިޓީތަކާއި ދިމާވާގޮތަށް ހުރި ބައެއް އަވަށްޓެރި ގައުމުތަކުގެ ސަރަހައްދުތަކަށް ވެސް މިއަދު މެންދުރު އިރު މެދު ޖެހޭވަގުތު ހިޔަނި އެއްކޮށް ގެއްލޭނެކަމަށް އެސްޓްރޮނޮމިކަލް ސޮސައިޓީ އޮފް އިންޑިއާ އިން ވަނީ ބުނެފައެވެ. 

ދިވެހިރާއްޖެއާއި ލަންކާގެ ބައެއް ސަރަހައްދުތަަކަށް ވެސް މިއަދު މެންދުރު ހިޔަނިގެއްލޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހެންކަމުން މިކަން ތަޖުރިބާކޮށްލުމަށް މިއަދު މެންދުރު ނަމާދު ވަގުތު ހިޔަނި ގެއްލޭތޯ އަޖުމަލަ ބަލާލުން ބުއްދިވެރިއެވެ.

10%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
65%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް