ads
ރައީސް ސޯލިހު ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ---
ޑްރަގުގެ މައްސަލައަށް: ޕްރައިވެޓް ރިހެބާއި، ރިކަވަރީ ވިލެޖު
ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ރާއްޖެއަށް ޕްރައިވެޓް ރިހިބިލިޓޭޝަންއާއި ރިކަވަރީ ވިލެޖު ތައާރަފު ކުރުމަށް ދެވަނަ ދައުރަކަށް ވާދަ ކުރައްވަމުން ގެންދަވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
Advertisement

ފަސް ބަޔަކަށް ބަހާލާފައިވާ މެނިފެސްޓޯގެ ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދައުރުގައި ޕްރައިވެޓް ރިހެބިލިޓޭޝަން ރާއްޖެއަށް ތައާރަފު ކުރާނެއެވެ. އަދި މަސްތަށް ދެވިހިފާފައިވާ ފަރާތްތައް އަނބުރާ މުޖުތަމައުއަށް އައުމަށް ބޭނުންވާ ހުރިހާ ހިދުމަތަކާއި ފަރުވާއެއް އަދި ދިރިއުޅުމުގެ ހުނަރާއި ތައުލީމާއި ތަމްރީނު އެއްތަނަކުން ލިބޭނެ ގޮތަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިކަވަރީ ވިލެޖް ގާއިމުކުރާނެއެވެ. 

މަސްތުވާތަކެތީގެ ވަބާގައި ދިވެހި ގިނަ އަދަދެއްގެ ޒުވާނުން ޖެހިފައިވާ އިރު، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި މަސްތުވާތަކެތިން ސަލާމަތް ކުރުމަށް ފަރުވާ ޕްރޮގުރާމު ހިނގުމުގައި ދިމާވަމުންދާ ދަތިތައް ހިމެނެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ޑްރަގު ކޯޓުން ހުކުމް އިއްވާގައިވާ އެތައް ބަޔަކު ފަރުވާ ނުފެށި އިންތިޒާރުގައި ތިބެން ޖެހޭ މައްސަލައަކީ އަބަދު ވެސް ޝަކުވާ ބޮޑު މައްސަލައެކެވެ. 

ޕްރައިވެޓް ރިހެބާއި ރިކަވަރީ ވިލެޖުގެ އިތުރުން އަމިއްލައަށް އެދޭ ކޮންމެ ފަރާތަކަށް ފަރުވާ ޔަގީންކޮށް، ވޯކް-އިން ކްލިނިކްސް/ ޑްރޮޕް-އިން ސެންޓަރސް ތައާރަފްކުރާނެ ކަމަށް ވެސް މެނިފެސްޓޯގައި ބުނެފައިވެއެވެ. 

ރައީސް ސޯލިހުގެ މެނިފެސްޓޯގައި އިތުރަށް ބުނެފައިވާ ގޮތުގައި މަސްތުވާތަކެއްޗާއި ދުރުކުރުމަށް މުޅި ރާއްޖޭގައި ޕްރިވެންޝަން ޕްރޮގްރާމް ހިންގާނެއެވެ. އަދި މަސްތުވާތަކެތީގެ ބައްޔަށް ދެވޭ ފަރުވާއަކީ ފެންވަރު އެކަށައެޅިގެން ދެވޭ ފަރުވާއެއްކަން ޔަގީންކުރުމަށް ރެގިއުލޭޓަރީ އިދާރާއާއި ފަރުވާގެ ނިޒާމު ވަކިކުރާނެއެވެ. 

އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ރައީސް ސޯލިހުގެ މެނިފެސްޓޯގައި ދެން ހުށަހަޅާފައިވާ ކަންތައްތަކަކީ:

  • މަސްތުވާތަކެތީގެ ބައްޔަށް ފަރުވާދޭ މަރުކަޒުތަކަކީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ލައިސަންސް ދެވިގެން ހިންގޭ މަރުކަޒުތަކަށް ހަދާނެ.
  • ކޮމިއުނިޓީ-ބޭސްޑް ކެއަރ ތައާރަފްކޮށް، ސެލްފް-ހެލްޕް ގްރޫޕްތައް އެކުލަވާލައި، އެހީތެރިކަން ބޭނުން ކޮންމެ މީހަކަށް، އެމީހަކު ހުރި ތަނަކުން މަސްތުން ސަލާމަތްވުމަށް އެހީތެރިކަންދޭނެ.

  • އާންމު ސިއްހަތުގެ ނިޒާމުގެ ތެރެއިން މެޑިކަލީ އެސިސްޓެޑް ޓްރީޓްމަންޓް ފުޅާކޮށް، އެމީހަކު ހުރިތަނަކުން ފަސޭހަކަމާއެކު ފަރުވާދޭނެ.
  • ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމަކީ ފޭސްޑް ޕްރޮގްރާމެއްގެ ބަދަލުގައި އިންޑިވިޖިއުލައިޒްޑް ޕްލޭނެއްގެ ދަށުން ފޯރުކޮށްދޭ ފަރުވާއަކަށް ބަދަލުކޮށް، ފަރުވާގެ ތެރޭގައި ތައުލީމާއި ތަމްރީނާއި، ދިރިއުޅުމުގެ ހުނަރާއި، އާމްދަނީ ހޯދުމުގެ ފުރުސަތުތައް ހިމަނާ، ކޮމިއުނިޓީ ރީ-އިންޓަގްރޭޝަން ސަޕޯޓާއިއެކު ވަށާޖެހޭ ޕްރޮގްރާމަކަށް ހަދާނެ.
  • މަސްތަށް ދެވިހިފައިފައިވާ ފަރާތް، ފަރުވާއަށް ފަހު އަނބުރާ މުޖުތަމައުއަށް އަންނައިރު އެމީހަކީވެސް ގަދަރުވެރިކަމާއެކު ދިރިއުޅުމަށް ތައްޔާރުވެފައިވާ މީހަކަށް ވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އާއިލާއާއި ރަހްމަތްތެރިން އަދި މުޅި މުޖުތަމައުވެސް މިބަދަލަށް ތައްޔާރުކޮށްދޭނެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް