ads
ހިޖާބީ ބާބީ
ހިޖާބީ ބާބީ އެނގޭތަ؟
ހިޖާބީ އަކީ ނައިޖީރިއާގެ ފަންނާނު ހަނީފާ އާދަމް އުފެއްދި ހިޖާބު ލައިގެން ހުންނަ ބާބީއެކެވެ.

ހިޖާބީގެ ނަމަކީ "ހިޖާބު" އާއި "ބާބީ" މި ލަފުޒުތައް އެއްކޮށްލާފައިވާ ނަމެކެވެ.

ހިޖާބީ ބާބީ އަކީ މިހާރު މުސްލިމު ޒުވާން އަންހެން ކުދިންގެ ތެރޭގައި މަޝްހޫރުވެފައިވާ "މޮޑެސްޓު" ހެދުންތަކުގެ އަސްލެވެ. މި ބާބީ އުފައްދާފައިވަނީ 2015 ވަނަ އަހަރުއެވެ. ހިޖާބީ ބާބީ އުފެއްދި ހަނީފާ ބޭނުންވީ ސޯޝަލް މީޑިއާގައި މުސްލިމުގެ މެދުގައި މޮޑެސްޓު ހެދުންތައް މަޝްހޫރު ކުރުމަށެވެ. 

ހަނީފާގެ ހިޖާބީ ބާބީއަށް ވަނީ ބޮޑު ތަރިހީބެއް މުޅި ދުނިޔެއިން ލިބިފައެވެ. މި ބާބީއަކީ މުސްލިމު އަންހެނުން ބާރުވެރިކުރުމަށް ލިބުނު އިތުރު ހިތްވަރެއްކަމަށް ގިނަބަޔަކު ދެކެއެވެ. 2017 ވަނަ އަހަރު ހަނީފާ ވަނީ އޮލިމްޕިކް ގޭމެއްގައި އެންމެ ފުރަތަމަ ބުރުގާ ނުވަތަ ހިޖާބު އަޅައިގެން ވާދަކުރި އިބްތިހާޖް މުހައްމަދު ގެ ސިފައަށްވެސް ބާބީއެއް އުއްފައްދާފައެވެ.

your imageހިޖާބީ ބާބީއަކާ އެއްގޮތަށް މީހަކު ހެދުން އަޅައިގެން

ހަނީފާ މިހާރުވެސް ގެންދަނީ ހިޖާބީ ބާބީތައް އުފައްދަމުންނެވެ. އަދި މޮޑެސްޓު އިސްލާމިކް ހެދުންތަކަށް މި ބާބީތަކަކީ ބޮޑު އިންސްޕިރޭޝަނެކެވެ. 

ހިޖާބީ ބާބީތައް ތަފާތު ހަމުގެ ކުލަތަކާއި ހިޖާބު ސްޓައިލްތަކުގައި ލިބެން ހުރެއެވެ.

ހިޖާބީ ގިނައިން ފެންނަނީ މުސްލިމުންގެ ސަގާފީ ހެދުމުގައި ނަމަވެސް ޒަމާނީ ފެޝަންތަކެއް ލައިންތަކާއެކުވެސް މި ބާބީ ނެރިފައިވެއެވެ. 

މުޅި ދުނިޔޭގެ މަޖައްލާތަކާއި ނޫސްތަކުގައި ހިޖާބީ އަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. 

އިސްލާމްދީނާއި މުސްލިމުންގެ ސަގާފަތާ ބެހޭ ގޮތުން ކުދިންނަށް ދަސްކޮށްދިނުމަށް ތައުލީމީ ޕްރޮގްރާމްތަކުގައި ވެސް ހިޖާބީ ބޭނުންކުރެއެވެ. 

ހިޖަރުބީ އަކީ މުސްލިމް އަންހެން ކުދިން ތަމްސީލުކުރުމާއި ބާރުވެރިކުރުމުގެ ވަރުގަދަ ރަމްޒެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް