
ފޯރިގަދަ މި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 4-4 ން އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އިންޓަ މިއާމީއިންނެވެ. ޖޯޑި އަލްބާގެ އެހީތެރިކަމާއެކު ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި މިއާމިއަށް ލީޑު ނަގައިދިނީ މެސީއެވެ.
ނަމަވެސް ޑަލާސްއިން ވަނީ ފަހަތުންއަރާ ތިން ލަނޑުޖަހާ މެޗުގެ އޮއެވަރު ބަދަލުކޮށްލާފައެވެ. އޭގެ ފަހުން މިއާމިއިން ލަނޑުޖެހިތާ ތިން މިނެޓުގެ ތެރޭގައި ޑަލާސްއިން އަނެއްކާވެސް ފަރަގު ބޮޑުކުރިއެވެ. ޑަލާސްގެ ފަހު ލަނޑަކީ މިއާމީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން ޑަލާސް ކުޅުންތެރިއެއް އަތުންވެސް ބައިކޮޅަށް ލަނޑެއް ވަނެވެ. މިއާމީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެސީއެވެ.
ޕެނަލްޓީގައި މިއާމީން ވަނީ އެޓީމުގެ ފަސް ޕެނަލްޓީވެސް ކާމިޔާބު ކޮށްފައެވެ. ޑަލާސްގެ ޕޮމީކާލް ޖެހި ޕެނަލްޓީ ނާކާމިޔާބުވީއެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި މިއާމީ ވާދަކުރަން ޖެހޭނީ ހޫސްޓަން ޑައިނަމޯ އެފްސީ އާއި ޗާލޮޓް އެފްސީ ބައްދަލުކުރާ ގަދަ 16 ގެ މެޗުން މޮޅުވާ ޓީމަކާއެވެ.