ads
އީނާޝް ޝިހާމް: ފޮޓޯ އިންސްޓަގްރާމް އީނާޝް
ފެތުރި ދޮގު ހަބަރާ ގުޅިގެން އީނާޝް ގެ އަސަރުގަދަ މެސެޖެއް
ރާއްޖޭގެ މޮޑެލް އީނާޝް ޝިހާމް ހައްޔަރު ކުރިކަމަށް، ބުނެ ސޯޝަލް މީޑިއާގައި ފެތުރި ދޮގު ހަބަރާއި ގުޅިގެން ކަން ހިނގާ ދިޔަގޮތް އީނާޝް ކިޔައިދީފިއެވެ.

މިމަހުގެ އެއް ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ވަނީ ރާއްޖޭގެ މޮޑެލް އީނާޝް ޝިހާމް ހައްޔަރުކަމަށް ހަބަރު ފެތުރިފައެވެ. ނަމަވެސް އެއީ ތެދު ހަބަރެއް ނޫންކަމަށް އީނާޝް އޭނާގެ ސޯޝަލް މީޑިއާއަށް ނެރުނު ރަސްމީ ބަޔާނުގައި ވަނީ ބުނެފައެވެ. 

އީނާޝް ބުނީ އެނާ ހައްޔަރު ކުރިކަމަށް ފެތުރި ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. 

އޭނާ ހައްޔަރުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގައި ފެންނަނީ އީނާޝް އާއި ފިރިހެނަކާއި ވަށާލައިގެން ކުލަ ހެދުމުގައި ތިބި ފުލުހުންކަމަށް ބެލެވޭ ބަޔަކު އެމީހުން ހަރަކާތްތެރިވާ މަންޒަރެވެ. 

އީނާޝް ބުނީ އެ މައްސަލައިގައި ފެންނަ ފިރިހެން ކުއްޖާއަކީ އެނާގެ ބޯއީ ފްރެންޑް ކަމަށެވެ. 

"އަޅުގަނޑުގެ ބޯއީ ފްރެންޑް މުހައްމަދު ނަބީހް އާމިރް އާއި ގުޅޭގޮތުން ފެތުރި ހަބަރަކީ އެއްކޮޅަށް ބުރަވެފައިވާ ހަބަރެއް. އެއީ ފުލުހުންގެ އަނިޔާވެރިކަމާއި އިންސާފެއް ނެތް ގޮތައް ހައްޔަރު ކުރުމުގެ ސަބަބުން ހިނގިކަމެއް. އަޅުގަނޑުމެން ދެ މީހުންވެސް ވަނީ ވާބަލް އެބްޔޫސްގެ ޝިކާރައަކަށް ވެފަ،" އީނާޝްގެ ބަޔާނުގައި ބުނެފައިވެއެވެ.

އީނާޝް ވަނީ މީޑިއާއި އާންމުންގެ ފަރާތުން ކުރިއަށް އޮތްތަނުގައި ޔަގީންނުވާ ދޮގު ހަބަރު ނުފެތުރުމަށް އެދިފައެވެ. 

"ކުރި ފުރައްސާރައާއި ގާނޫނާ ހިލާފަށް ކުރި ހައްޔަރު ކަމާބެހޭ މުއައްސަސާތަކުން ތަހުގީގު ކުރުމަށް ގޮވާލަން،" -އީނާސް ޝިހާމް-

މި މައްސަލައާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް 'ސީއެންއެމް' އިން އިން ސުވާލުކުރުމުން ފުލުހުން ބުނީ އިންޓަލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 27 އަހަރުގެ ފިރިހެނެއް ހައްޔަރު ކުރިކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލާފައިވާކަމަށެވެ. 

މި މައްސަލައިގައި އީނާޝް ބުނެފައިވަނީ އާޓް އިންޑަސްޓްރީއާއި މަސްތުވާތަކެއްޗާއި ގުޅުވައިގެން ދައްކާ ވާހަކަތަކަކީވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަމަށެވެ. އަދި އެނާއަކީ އެއްވެސް ގާނޫނާ ހިލާފު އަމަލެއް ކުރުމުގައި އުޅޭ މީހެއްވެސް ނޫންކަމަށެވެ. 

44%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް