ads
ހަނޑި ގަނޑުވަރު ބިރުވެރި ހޮހޮޅައިގެ ފޮޓޯއެއް
ހަނޑި ގަނޑުވަރު: މިދިޔަ ހަތް ދުވަހު ހުޅުމާލޭގައި އެތައް ބަޔަކު ބިރުން ހަލާކުވި
ބިރުވެރިކަންކަމަކީ ގިނަފަހު މީހުން އެކަންކަމާ ދުރަށް ދާން ބޭނުންވާ ކަންކަމެވެ. ނަމަވެސް ފާއިތުވީ ހަތް ދުވަހު، ގިނަބަޔަކު ވަނީ "މިނިވަން އުވާ" ކާނިވަލުގައި އޮތް ބިރުވެރި ހޮހޮޅަ "ހަނޑި ގަނޑުވަރު" އަށް ޒިޔާރަތް ކޮށްފައެވެ.

މުޅި ކާނިވަލުން ވެސް އެންމެ ފޯރިގަދަ އެއްތަނަކީ 'ހަނޑި ގަނޑުވަރު' ބިރުވެރި ހޮހޮޅައެވެ. އެހޮހޮޅައަށް ވަންނަން ކޮންމެ ދުވަހަކު ހަދާ ދިގު ކިއު އިންވެސް މިކަން ހާމަވެއެވެ. 

އެ ހޮހޮޅައަށް ވަތް އެތައް ބަޔަކު ވަނީ ބިރުން ހަލާކުވެފައެވެ. 

'ހަނޑި ގަނޑުވަރު' ގެ ސޯޝަލް މީޑިއާގައި ވަނީ "ވަންނަން ކެރޭނެތަ؟" މިހެން ސުވާލުކޮށްފައެވެ. 

"މިއީ އިހުޒަމާނުގެ ބިރުވެރި ވާހަކަކަށް ޒަމާނީ ޓުވިސްޓަކާއެކު" ތައްޔާރުކޮށްފައިވާ ތަނެއްކަމަށް އެ ހޮހޮޅަ ތައްޔާރު ކުރި މީހުން ވަނީ ބުނެފައެވެ. 

މި ހޮހޮޅައަށް ކުޑަކުދިންނައި ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު، އެ ހޮހޮޅައަށް ވަންނަ މީހުން ފެންނަނީ، އެކަކު އަނެކަކުގެ އަތުގައި ހިފައިގެން މަޑުމަޑުން ބިރުން ކުރިއަށް ދާ މަންޒަރެވެ. 

އެ ހޮހޮޅައަށް ވަތް މީހުން ބިރުން ހަޅޭލަވާ އަޑުވެސް ނުހަނު ބާރަށް އިވެއެވެ.

މި ބިރުވެރި ހޮހޮޅަ އެކްސްޕީރިއެންސް ކޮސްލަން މިރެއަކީ އެންމެ ފަހުރެއެވެ. ސަބަބަކީ 'މިނިވަން އުފާ ކާނިވާ' މިރޭ ނިމޭނެއެވެ. 

ކާނުވާ ނިންމާލުމުގެ ގޮތުން ހަވާ އެރުވުމާއި، ފޯރިގަދަ މިއުޒިކް ޝޯއެއް އޮންނާނެއެވެ.  

  

27%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
39%
ވަރަށް ސަލާމް
ކޮމެންޓްސް