ads
މޮޑެލް އީނާޝް ޝިޔާމް
މޮޑެލް އީނާޝް ޝިޔާމް ހައްޔަރު ކުރިކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތަކީ ކޮބާ؟
ރޭ ސޯޝަލް މީޑިއާގައި ވަނީ ރާއްޖޭގެ މޮޑެލް އީނާޝް ޝިހާމް ހައްޔަރުކަމަށް ހަބަރު ފެތުރިފައެވެ. ނަމަވެސް އެއީ ތެދު ހަބަރެެއްތޯ؟ ސީއެންއިމް މިވަނީ އޮޅުން ފިލުވާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގައި ފެންނަނީ އީނާޝް އާއި ފިރިހެނަކާއި ވަށާލައިގެން ކުލަ ހެދުމުގައި ތިބި ފުލުހުންކަމަށް ބެލެވޭ ބަޔަކު އެމީހުން ހަރަކާތްތެރިވާ މަންޒަރެވެ. 

އެތަނުން ފިރިހެން ކުއްޖާ "އަތްނުލަށޭ. އަތްނުލާށޭ،" ގޮވާ އަޑެވެ. 

ވީޑިއޯ ނަގަމުން ދިޔަ މީހަކުވެސް "ޕޮކެޓަށް އަތްނުލާ" މިހެން ބުނާ އަޑު އިވެއެވެ. 

ނަމަވެސް އެ ވީޑިއޯއިން އެއިން އެއްވެސް މީހަކު ހައްޔަރު ކުރާމަންޒަރެއް ނުފެނެއެވެ.

މިހެންކަމުން ފުލުހުން އޭނާ ހައްޔަރުކުރިކަމަށް ދެކެވޭ ވާހަކައާ މެދު ވަނީ ސުވާލު އުފެދިފައެވެ. މި މައްސަލައާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް 'ސީއެންއެމް' އިން އިން ސުވާލުކުރުމުން ފުލުހުން ބުނީ އިންޓަލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 27 އަހަރުގެ ފިރިހެނެއް ހައްޔަރު ކުރިކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލާފައިވާކަމަށެވެ. 

މިހެންކަމުން އީނާޝް ޝިހާމް ހައްޔަރުކުރިކަމަށް ފަތުރާފައިވަނީ ދޮގު ހަބަރެކެވެ. 

30%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް