ads
އެލިޝިއާ ނަވާރޯ
ހަތަރު އަހަރު ކުރިން ގެއްލުނު އެމެރުކާ ކުއްޖަކު އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ
މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން ގެއްލުނު އެރިޒޯނާގެ އަންހެން ކުއްޖަކު ކަމަށްވާ އެލިޝިއާ ނަވާރޯ މަންޓާނާގެ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެއްޖެއެވެ.

އެރިޒޯނާގެ ގްލެންޑޭލްގައި ހުންނަ ގެއިން އޭނާ ގެއްލިފައިވަނީ އުމުރުން 14 އަހަރުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އޭނާ ގެއިން ނުކުމެގެން ދަމުން ލިޔެފައިވާ ނޯޓެއްގާ އޮތީ "އަހަރެން ފިލީ. އަހަރެން އެނބުރި އަންނާނަން، ހުވާކުރަން. އަހަރެންނަށް މާފުކުރޭ" އެވެ.

އަންގާރަ ދުވަހު އޭނާގެ އުފަން ރަށް ގްލެންޑޭލްގެ ފުލުހުން ބުނީ އެމެރިކާއާއި ކެނެޑާގެ ބޯޑަރާ ގާތްގަނޑަކަށް 40 މޭލު (64 ކިލޯމީޓަރު) ދުރުގައި އޮންނަ އަވަށެއްގެ ޕޮލިސްޓޭޝަނަށް އޭނާ ހާޒިރުވެފައިވާކަމަށެވެ. 

ގްލެންޑޭލް ޕޮލިސްގެ ތަރުޖަމާނު ހޯސޭ ސަންޓިއާގޯ ބުނި ގޮތުގައި މިހާރު އުމުރުން 18 އަހަރުގެ އެލިޝިއާ ވަނީ މަންޓާނާ ޕޮލިސް ސްޓޭޝަނަށް ވަދެ އަމިއްލަ އަށް އޭނާއަކީ ކާކުކަން ކިޔައިދީފައިކަމަށެވެ. 

ސަންޓިއާގޯ ބުނީ އަންހެން ކުއްޖާ އަމިއްލަ އިހުތިޔާރުގައި ގެއިން ނުކުމެގެން ދިޔަކަަމަށް ބެލެވޭކަމަށެވެ.

އެލިޝިއާ އޭނާގެ ގެއާ 1،200 މޭލު (1،900 ކިލޯމީޓަރު) އަށް ވުރެ ދުރުގައި އޮންނަ މަންޓާނާއަށް ދިޔައީ ކިހިނެއް ކަމެއް ސާފެއް ނުވާއިރު، އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އޭނާގެ މަންމަ ދަރިފުޅު ސަލާމަތުން އެނބުރި އައުމަށް އިއުލާން ކުރީ "ފައިންޑިން އެލިޝިއާ" ފޭސްބުކް ޕޭޖްގައި ނެރުނު ވީޑިއޯއަކުންނެވެ. ނަމަވެސް އޭނާގެ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއވެ. 

44%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް