ads
އެމަނުއެލާ އަދި އޭނާގެ ލޯބިވެރިއާ
ފޯނު ފޭރިގަތް މީހާ ދެކެ މި އަންހެން ކުއްޖާ ލޯބިވެއްޖެ
ބްރެޒިލްގެ އެމަނުއެލާ ނަމަކަށް ކިޔާ އަންހެނަކު މަގުމަތިން ހިނގާފައި ދަނިކޮށް އޭނާގެ ފޯނު ފޭރިގަތް ފިރިހެނެއްދެކެ ލޯބިވެއްޖެއެވެ.

މިހާރު މި ދެ ލޯބިވެރިންގެ ވާހަކަ އަންނަނީ ވައިރަލް ވަމުންނެވެ.

އެމީހާ އޭނަގެ ފޯނު ވަގަށް ނެގި ނަމަވެސް ފޯނުން އަންހެން ކުއްޖާގެ ފޮޓޯ ފެނި އޭނާ ވަނީ އެ ފޯނު ވަގަށް ނެގީތީ ހިތާމަކޮށް އޭނައަށް އަނބުރާ ފޯނު ގެންގޮސް ދީފައެވެ. ދެ މީހުން ފޯނުން ވާހަކަ ދައްކަން ފެށުމާއެކު، އެންމެ ފަހުން ވަނީ ލޯބިވެފައެވެ. 

ދެ މީހުން ރައްޓެހިވެގެން އުޅޭތާ މިހާރު ދެ އަހަރު ވެފައިވާއިރު، ކައިވެނި ކުރަން ރާވާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

އެމަނުއެލާ އާއި އޭނާގެ ފޯނު ވަގަށް ނެގި މީހާގެ ވާހަކަ ބްރެޒިލްގައި ވަނީ ވައިރަލްވެފައެވެ. ބައެއް މީހުން ސިހުމާއި ރުޅިވެރިކަން ފާޅުކޮށްފައިވާއިރު، އަނެއް ބަޔަކު އެ ވާހަކައަކީ ހިތްގައިމު އަދި އިންސްޕަޔާ ކުރާ ވާހަކައެއް ކަމަށް ބުނެފައެވެ.

ދެ ލޯބިވެރިން ވަނީ އެމީހުންގެ ވާހަކައާ މެދު ލަދު ނުގަންނަ ކަމަށް ބުނެފަ އެވެ. ކައިވެނި ކުރަން ރާވާފައިވަނީ 2024 ވަނަ އަހަރުއެވެ. 

އެ ދެމީހުންނަށް އެމީހުންގެ ބައިން ބަަފައިންވެސް ވަނީ ކައިވެނިކުރަން ރުހުން ދީފައެވެ. 

64%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް