ads
ޓެމްބޫ އެބޭރޭ
ހުއްޓާނުލާ ރޮއެގެން ދުނިޔޭގެ ރެކޯޑު ފޮތަށް އަރަން އުޅުނު މީހެއްގެ ލޯ އަނދިރިވެއްޖެ
ގިނިސް ވޯލްޑް ރެކޯޑެއް ގާއިމް ކުރުމަށް ކުރި މަސައްކަތުގައި ހަތް ދުވަސްވަންދެން ރުއި ނައިޖީރިއާގެ ޓެމްބޫ އެބޭރޭ ނަމަކަށް ކިޔާމީހެއްގެ ލޯ އަނދިރިވެއްޖެއެވެ.

އޭނާގެ ލޯފަންވެފައިވަނީ ވަގުތުކޮޅަކަށެވެ. ނަމަވެސް މަޑުމަޑުން އޭނާގެ ފެނުން ވަނީ ފަހުން އިއާދަވެފައެވެ. 

އެބެރޭ ބުނީ ހަތް ދުވަސްވަންދެން ރުއިމަށްފަހު ބޮލުގައި ރިއްސުމާއި ލޮލުގައި ރިއްސުމާއި މޫނު ދުޅަވެފައިވާ ކަމަށާއި 45 މިނެޓް ވަންދެން ލޯ އަނދިރިވެފައި ހުރި ކަމަށެވެ. 

ހަތް ދުވަސްވަންދެން ހުއްޓާނުލައި އޭނާ ރުއި ނަމަވެސް ގިނިސް ވޯލްޑް ރެކޯޑްސް އިން އޭނާގެ ރެކޯޑު ގަބޫލުކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދާފައިވާއިރު، އެތައް ބަޔަކު ވަނީ އޭނާގެ ސިއްހަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެބެރޭ ހަތް ދުވަސް ވަންދެން ރޯން މަސައްކަތް ކުރަން ނިންމީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. އޭނާ ބުނި ގޮތުގައި އޭނާ ބޭނުންވީ ނަފްސާނީ ސިއްހަތުގެ މައްސަލަތަކަށް "ހޭލުންތެރިކުރުވަން" ކަމަށެވެ. ނަމަވެސް ބައެއް މީހުން ލަފާކުރާ ގޮތުގައި އޭނާ މަސައްކަތް ކުރަނީ ހަމައެކަނި ސަމާލުކަން ހޯދަން ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް