ads
އީވާ ހާލުފޮޅި އަޅުއްވަނީ
އީވާ ހާލުފޮޅިއެއް އަޅައިފި
ރައްޔިޔުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން ހާލުފޮޅި އަޅާ ބައެއްކައިރިއަށް ވަަޑާއިގެން ހާލު ފޮޅިއެއް އަޅުއްވައިފިއެވެ.

ހާލު ފޮޅިއަކީ ކުޅުދުއްފުށީގައި ޒަމާނުއްސުރެ އަޅަމުން އަންނަ އެ ރަށަށް ހާއްސަ ފޮޅިއެކެވެ. އެއީ ވަރަށް ތުނި ރޮށްޓެއް ގޮތަށް ނަމަވެސް، ތަވަލެއްގައި ފިހާ އެއްޗެކެވެ. 

ހާލު ފޮޅިއެއް އަޅާމަންޒަރު އީވާގެ ސޯޝަލް މީޑިއާށް ދޫކޮށްލައްވާފައިވާއިރު، ބައެއް މީހުން ވަނީ އޭނާއަށް ތަރުރީފުކޮށް ކޮމެންޓުކޮށްފައެވެ. 

އެކަކު ބުނެފައިވަނީ "ހާލު ފޮޅި އެޅުމަކީވެސް ހުނަރެއް،" ކަމަށެވެ. އެމީހާއަށް ޖަވާބު ދެއްވަމުން އީވާ ވިދާޅުވެފައިވަނީ އޭނާގެ ގައިގައި އެ ހުނަރު ނެތް ކަމަށެވެ.

ހާލު ފޮޅިއަކީ ހިނމުންކޮށް ފުނޑާފައި ހުންނަ ހަނޑުލާ، ކުކުޅުބިހާ، ހަކުރާއި ހުވަނދުމާ ފެނާއި އެއްކޮށްގެން އަޅާ ފޮޅިއެކެވެ. ހާލުފޮޅި އަކީ ވަރަށް މަޑު ގިންޏެއްގައި ފިހާ ފޮޅިއެކެވެ. އެފޮޅި ފިހުމަށްޓަކައި އަލިފާން ޖަހަނީ ކީސް ކުނޑި އަންދައިގެނެވެ.

ކުޅުދުއްފުށީ މީހުން ހާލުފޮޅި ކަނީ ކާށި ކިރާޖަހައިގެންނެވެ. 

އެ ފޮޅިއަށް ކުޅުދުއްފުށީ ބައެއް މީހުން 'ތުނި ފޮޅި' ވެސް ކިޔައެވެ. އެ ފޮޅިއަށް 'ހާލު ފޮޅި' ކިއުނީ އެ ފޮޅިއަކީ ވަރަށް ހާލުން އެޅޭ ފޮޅިއެއްކަމަށްވާތީކަމަށް ވެސް ކުޅުދުއްފުށީ ބައެއް މީހުން ބުނެއެވެ. 

އީވާ ކުޅުދުއްފުއްޓަށް ވަޑައިގެން އުޅުއްވަނީ ދަ ޑިމޮކްރެޓްސްގެ 'ފަސޭހަ ވިޔަފާރި' ސިޔާސީ އިއުލާނުކުމަށް އެ ޕާޓީގެ ޓީމަކާއެކުއެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް