ads
ޓިމޮތީ ޝެޑޮކް އޭނާގެ ބޯޓުގައި
ކަނޑު މަތީގައި ހާލުގައި ޖެހި ތިން މަސް ދުވަސް ވަންދެން ކެއީ ރޯ މަސް
އޮސްޓްރޭލިއާގެ ކެޔޮޅަކާއި އޭނާގެ ކުއްތާ ތިން މަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ކަނޑުމަތީގައި ހާލުގައި ޖެހި ރޯމަސް ކައިގެން ދިރިއުޅެފިއެވެ.

އުމުރުން 54 އަހަރުގެ ޓިމޮތީ ޝެޑޮކް އާއި އޭނާގެ ކުއްތާއެއް ކަމަށްވާ ބެލާ މެކްސިކޯއިން 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ފުރައިގެން ދިޔަ ނަމަވެސް އެމީހުންގެ ބޯޓު ތޫފާނެއްގައި ހަލާކުވެ ކަނޑުގައި ތާށިވެ ހާލުގައި ޖެހުނެވެ.

އެމީހުން ސަލާމަތްވީ ރޯ މަސް ކައިގެން ވާރޭފެން އެއްކޮށްގެން އެ ފެން ބޮއެގެންކަމަށް ރިޕޯޓުތައް ބުނެއެވެ. 

އެންމެ ފަހުން އެމީހުން ސަލާމަތްކުރީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު މެކްސިކޯގެ މަސް ދޯންޏަކުންނެވެ.  

ޝެޑޮކް ބުނީ ދިރިހުރި ކަމަށްޓަކައި "ޝުކުރުވެރި" ކަމަށާއި އެމީހުންގެ އުނދަގޫ ދުވަސްވަރު ބެލާ އަކީ "މޮޅު އެކުވެރިއެއް" ކަމަށެވެ. 

އެމީހުން ސަލާމަތްކުރި މެކްސިކޯގެ މަސް ދޯންޏަށް ކިޔަނީ 'ޕްލޭޔާ ލިންޑާ' އެވެ.

އެމީހުން ސަލާމަތްކޮށްފައިވަނީ މެކްސިކޯގެ އައްސޭރިފަށުން ގާތްގަނޑަކަށް 1000 މޭލު ދުރުގައި އޮންނަ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދަކުންނެވެ. 

ޝެޑޮކް އާއި ބެލާ މެކްސިކޯގެ މަޒާޓްލާންގެ ހޮސްޕިޓަލަކަށް ގެންގޮސް، ޑީހައިޑްރޭޝަން އާއި އަވިން ފިހިފައި ހުރުމުގެ ސަބަބުން ފަރުވާ ދީފައިވެއެވެ. 

ޝަޑޮކް ބުނީ ވަރަށް އަވަހަށް އެނބުރި އޮސްޓްރޭލިއާއަށް ދިއުމަށް ރާވާފައިވާ ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް