ads
ޗައިވާލާ
މަގުމަތީގައި ސައިވިއްކަން އުޅުނު ޗައިވާލާގެ ކެފޭއެއް މިހާރު ލަންޑަނުގައި ހުރޭ
ޕާކިސްތާނުގެ ސައި ވިއްކާ އަރުޝަދު ޚާން 2016 ވަނަ އަހަރު ވައިރަލްވީ އޭނާގެ ފާހަގަކޮށްލެވޭ ނޫ ލޮލުގެ ސަބަބުންނެވެ.

ޕާކިސްތާނުގެ ޕެޝަވާރުގައި ސައި ވިއްކާ މީހެއްގެ ގޮތުގައި ޚާން މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ ފޮޓޯއެއް ވައިރަލް ވެގެން ދިޔައެވެ. އެ ފޮޓޯ އެތައް ހާސް ފަހަރަކު ހިއްސާކޮށްފައިވާއިރު، ވަރަށް އަވަހަށް އަރުޝަދަށް ވަނީ "ބްލޫ އައިޑް ޗައިވާލާ" ގެ ނަން ދީފަ އެވެ.

އަރުޝަދު ހޯދި މަޝްހޫރުކަމުގެ ސަބަބުން އޭނާއަށް މޮޑެލިން ކޮންޓްރެކްޓްތަކާއި ޓީވީން ފެނިގެން ދިއުމަށް ހުށަހެޅިއެވެ. އަދި ލަންޑަނުގައި "ކެފޭ ޗައިވާލާ" ގެ ނަމުގައި އަމިއްލަ ކެފޭއެއް ހުޅުވިއެވެ. މި ކެފޭއަކީ ފަތުރުވެރިންގެ ދުގައި މަގުބޫލު ތަނަކަށް ވާއިރު، ޚާން ގިނައިން ފެންނަނީ ކައުންޓަރުގެ ފަހަތުން މަސައްކަތް ކުރަމުންދާތަނެވެ.

އަރުޝަދުގެ ވާހަކައަކީ އިބުރަތް ލިބުން ހައްގު ވާހަކައެކެކެވެ. ޕާކިސްތާނުގައި ސައި ވިއްކާ މީހެއްގެ ގޮތުގައި ހުރެގެން ލަންޑަނުގައި އަމިއްލަ ކެފޭއެއް ހުޅުވީ އެނާގެ ބުރަ މަސައްކަތުންނެވެ. 

94%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް