ads
ގިނިހިލަ
ކޮފީ ބޯން ބެލްކަނީގައި ފްރާންސް އިން އަންހެނެއްގެ ގަޔަށް ގިނިހިލައެއް ވެއްޓިއްޖެ
ފްރާންސްގެ އަންހެނަކު ރައްޓެއްސަކާ އެކު ބެލްކަނީގައި ކޮފީބޯން އިންދާ އުޑުމަތިން އައި ގިނިހިލައަކުން އޭނާ ގައިގައި ޖެހިއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ފްރާންސްގެ އިރުމަތީގެ އަލްސާސް އަވަށުގައެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކުދިކުދި އަނިޔާތަކެއް ލިބިގެންނެވެ. ގިނިހިލައިން ޖެހުނީ އޭނަގެ ބުރަކަށީގައެވެ.

ގިނިހިލަ މަދުން ނަމަވެސް މީހުންގެ ގައިގައި ޖެހެއެވެ. މިއީ ގިނިހިލައަކުން އިންސާނެއް ގައިގައި ޖެހުނު ކަން ރެކޯޑުކުރެވުނު ދެ ވަނަ ފަހަރެވެ. މިފަދަ ހާދިސާއެއް 1992 ވަނަ އަހަރު އެމެރިކާގެ އަލަބާމާގެ ގެއެއްގައި ނިދާފައި އޮތް ފިރިހެނަކަށްވެސް ދިމާވިއެވެ. 

ފްރާންސް ގެއެ އަންހެން މީހާގެ ގައިގައި ޖެހުނު ގިނިހިލައަކީ ގާތްގަނޑަކަށް ގަނޑުފެންގަނޑެއްގެ ސައިޒުގެ އެއްޗެއް ކަމަށް ބެލެވެއެވެ. ގިނިހިލަ އައީ ކޮންތާކުން ކަމެއް ސާފެއް ނުވި ނަމަވެސް މިއީ މާސް އާއި ޖުޕިޓާ އާއި ދެމެދުގައިވާ އެސްޓްރޮއިޑް ބެލްޓުން އައިސްފައިވާ އެއްޗަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އަބަދުވެސް ބޭރުގައި އުޅޭނަމަ ވަށައިގެންވާ މާހައުލަށް ސަމާލުވެ، އުޑުމަތިން އެއްޗެއް ވެއްޓޭތަން ފެނިއްޖެނަމަ ނިވާވުމަކީ ރަނގަޅު ގޮތެކެވެ.

34%
ކަމުގޮސްފި
34%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް