ads
ސިމޯން ހޯލްޓްޒްނަގަލް
"5.6 މިލިއަން ރުފިޔާގެ ޖަވާހިރެއް ގެއްލިއްޖެ"
ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި އޮސްޓްރޭލިއާގެ މޮޑެލް އަދި ރިއަލިޓީ ޓީވީ ތަރި ސިމޯން ހޯލްޓްޒްނަގަލް އަތުން އަގުބޮޑު ޖަވާހިރެއް ގެއްލިގެން އެ ހޯދުމުގެ މަަސައްކަތްފަށައިފިކަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ.

އޭނާ އަތުން ގެއްލުނު ޖަވާހިރުގެ އަގު 75،000 ޑޮލަރުގެ (5.6 މިލިއަން ރުފިޔާ) އަށް ރަރާކަމަށް ރިޕޯޓުތައް ބުނެއެވެ. 

އެޖަވާހުރު ހަރުކޮށްފައިވަނީ އޭނާގެ ކަނފަތުގައިލާ މުންޖެއްގައެވެ. އޭނާ އަތުން ޖަވާހިރު ގެއްލުނީ، ރަންގަލި ރިސޯޓުގައި ފަތަމުން ދަނިކޮށްކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. 

އޭނާގެ ލީބިުވެރިއާއަކީ ލަވަކިޔުންތެރިޔާ އަދި އެކްޓަރެއް ކަމަށްވާ އޭނާގެ ކޯޑީ ސިމްޕަސަންއެވެ. މި ދެ ލޯބިވެރިން ވެސް ތިބީ މިވަގުތު އެ ރިސޯޓުގައެވެ.  

މިކަމާ ގުޅިގެން ރިސޯޓުން ވާހަކަ ދެއްކި އޮފިޝަލެއް މިއަދު ސީއެންއެމްއަށް ބުނީ ޖަވާހިރެއް ގެއްލުނުކަމަށް އޭނާ ސޯޝަލް މީޑިއާގައި ޖެހީ 'ޖޯކެއް'ގެ ގޮތުގައި ކަމަށެވެ. 

"އަޅުގަނޑުމެން ސުވާލުކުރިން ތިކަމާ ގެސްޓާ ވެސް. އެ ބޭފުޅާ ވިދާޅުވީ އިންސްޓަގްރާމް އަދި ޓިކްޓޮކްއަށް ވެސް ލީކަމަށް. އަދި އެއީ ޖޯކެއް ކަމަށް،" ރިސޯޓުގެ އޮފިޝަލް ބުންޏެވެ.

ރިސޯޓުން ބުނީ އެ ޕްރޭންކުގެ ހަބަރު މިހާރު އިނގިރޭސި ވިލާތުގެ މީޑިއާތަކަށް ވެސް އަރާފައިވާކަމަށެވެ. 

ނަމަވެސް މިހަބަރާ ގުޅޭގޮތުން ސިމޯން ހޯލްޓްޒްނަގަލް އަދި އެއްޗެއް ނުބުނެއެވެ. 

44%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް