ads
އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބެރްލޫސްކޯނީ އަދި އޭނާގެ ލޯބިވެރިއާ
އިޓަލީގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވަމުން 'ގާލް ފްރެންޑަށް' 100 މިލިއަން ޔޫރޯ
އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބެރްލޫސްކޯނީ މަރުވަމުން އޭނާގެ ލޯބިވެރިއާ ނުވަތަ ގާލް ފްރެންޑް އަށް 100 މިލިއަން ޔޫރޯ ދެން ވަސިއްޔަތް ކޮށްފައިވާކަަން ހާމަވެއްޖެއެވެ.

މިލާނުގެ ކޯޓަކަށް ހުށަހެޅި އެ ވަސިއްޔަތުގައި އޭނާގެ 33 އަހަރުގެ ލޯބިވެރިޔާ މާޓާ ފަސިނާއަށް 100 މިލިއަން ޔޫރޯ ދިނުމަށް ވަސިއްޔަތްކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. 

އުމުރުން 86 އަހަރުގައި 2023 ވަނަ އަހަރުގެ ޖޫން މަހު އަވަހާރަވި ބާލުސްކޯނީ އަކީ ބިލިއަނަރެއްގެ އިތުރުން މީޑިއާ އެއްގެ ވެރިއެކެވެ.  އޭނާ ވަނީ 1994 އާއި 2011 އާ ދެމެދު ހަތަރު ފަހަރު އިޓަލީގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.

ކުރީގެ މޮޑެލްއެއް ކަމަށްވާ ފަސިނާ ބާލުސްކޯނީއާ ގުޅުން ބާއްވަން ފެއްޓެވީ 2020 ވަނަ އަހަރުގެ މާޗް މަހުތެރޭގައެވެ. އޭނާއަކީ ބާލުސްކޯނީގެ ގާނޫނީ އަނބިމީހާ ނޫން ނަމަވެސް މަރު އެނދުގައި އޮއްވާ އޭނާ އަކީ "އަނބިމީހާ" ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަދި އެ ވަސިއްޔަތުގައި ބާލުސްކޯނީގެ ފުރަތަމަ ކައިވެންޏުން ލިބުނު ތިން ދަރިން ކަމަށްވާ ބާބަރާ، އެލިއޮނޯރާ އަދި ލުއިޖީއަށް 50 މިލިއަން ޔޫރޯ ދީފައިވެއެވެ. ވަސިއްޔަތުގައި ބާކީ ހުރި މުދާތައް އޭނާގެ ކާފަދަރިންގެ މެދުގައި ބަހާލުމަށް ވަނީ ވަސިއްޔަތްކޮށްފައެވެ.

އެ ވަސިއްޔަތަށް ވަނީ ތަފާތު ރިއެކްޝަންތަކެއް ލިބިފައެވެ. އެހާ ގިނަ ފައިސާ ފަސިނާ އަށް ދޫކޮށްލި ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔާއިރު، އަނެއް ބަޔަކު ވަނީ އެ ނިންމުން ދިފާއުކޮށް، ބާލުސްކޯނީގެ އެންމެ ފަހު އަހަރުތަކުގައި އޭނާއަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށް ބުނެފައެވެ.

އަދިވެސް އެ ވަސިއްޔަތަށް ޕްރޮބޭޓް ކުރެވޭއިރު، އެ ވަސިއްޔަތަށް ބެރްލޫސްކޯނީގެ ދަރިން ގޮންޖަހާފާނެ ކަމީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ވަސިއްޔަތުގައި ބަޔާންކޮށްފައިވާ ގޮތަށް ފާސިނާއަށް އެ ފައިސާ ވާރުތަވުމަކީ އެކަށީގެންވާ ކަމެކެވެ.

9%
ކަމުގޮސްފި
73%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް