ads
ޝެއިޚް މުހައްމަދު ބިން ރަޝީދު އަލް މަކްތޫމްސް
ޔޫއޭއީގެ ބޮޑު ވަޒީރު ބައިސްކަލެއްގައި
ޝެއިހް މުހައްމަދު ބިން ރަޝީދު އަލް މަކްތޫމްސް، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ހޯމަ ދުވަހު ބައިސްކަލެއްގައި މަގުމައްޗަށް ނުކުންނަވައިފިއެވެ.

ޝެއިހް މުޙައްމަދު ބިން ރަޝީދު އަލް މަކްތޫމް ބައިސްކަލެއްގައި ނުކުމެ ވަޑައިގަތީ ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމުގެ މުހިންމުކަން މީހުންނަށް ހަނދާންކޮށްދިނުމުގެ ގޮތުންކަމަށް ރިޕޯޓުތައް ބުނެއެވެ. 

ބައިސްކަލް ދުއްވުމަށް ލޯބިކުރާ ޝެއިހް މުހައްމަދު ދުބާއީ ވޯޓާ ކެނަލްގައި ބައިސްކަލް ދުއްވާފައިވަނީ ރައްޓެހިންނާއި އެހީތެރިންގެ ގްރޫޕަކާ އެކުއެވެ. އޭނާ ހުންނެވީ ކަޅު ކުލައިގެ ޓީޝާޓަކާއި ޓްރެއިނަރެއްގެ އިތުރުން ހެލްމެޓެއް ލައިގެންނެވެ.

ފަހަކަށް އައިސް ދުބާއީގައި ބައިސްކަލު ދުއްވާނެ މަގުތައް ފުޅާކުރަމުން އަންނައިރު، ޝައިހް މުހައްމަދަކީ ބައިސްކަލު ދުއްވުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

ދެހާސްއެކާވީސް ވަނަ އަހަރު ޝެއިޚް މުހައްމަދު ވަނީ ދުބާއީ 2040 އާބަން މާސްޓަ ޕްލޭން ތައާރަފްކޮށް، ދުބާއީ އަކީ "ބައިސްކަލު ދުއްވުމާ ރައްޓެހި ސިޓީ" އަކަށް ހެދުމުގެ މަސައްކަތް ފައްޓަވާފައެވެ. މި ޕްލޭންގައި ވަނީ އިތުރު ބައިސްކަލް ޓްރެކްތައް ހަދައި، ބައިސްކަލް ހިއްސާކުރާ ސްޓޭޝަންތަކުގެ ނެޓްވޯކެއް ތަރައްގީ ކުރުމަށް ނިންމާފައެވެ.

ޝެއިޚް މުހައްމަދުގެ ބައިސްކަލު ދުއްވުމަކީ ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް ލީޑަރެއްގެ ހެޔޮ މިސާލެކެވެ. އަދި އެއީ ދުބާއީއަކީ ދެމެހެއްޓެނިވި ސިޓީއަކަށް ހެދުމަށް ޔޫއޭއީން ކުރާ މަސައްކަތުގެ ނިޝާނެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް