ads
ޕަބްޖީ
ޕަބްޖީ ލޯބިވެރިއާއާ ކައިވެނިކުރަން ދިޔަ އަނބިމީހާ އަނބުރާ ގައުމަށް ފޮނުވަދޭން އެދެފި
ޕަބްޖީ ކުޅެނިކޮށް ދިމާވި އިންޑިއާ ފިރިހެނަކާ ކައިވެނިކުރަން ދަރިން ގޮވައިގެން އިންޑިއާއަށް ދިޔަތަކުން ހައްޔަރުކުރި ޕާކިސްތާނު އަންހެނއް މީހާ އަނބުރާ ގައުމަށް ފޮނުވައިދޭން އޭނާގެ ފިރިމީހާ އެދެފިއެވެ.

ޕާކިސްތާނުގެ އަންހެނެއް ކަމަށްވާ ސީމާ ހައިދަރު ނޭޕާލް މެދުވެރިކޮށް ގަވާއިދާ ހިލާފަށް އިންޑިއާއަށް ވަދެފައިވަނީ ގޭމިން އެޕް ޕަބްޖީ މޯބައިލް އިން ދިމާވި މީހަކާ އެކު އުޅެން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އޭނާގެ ފިރިމީހާ ގުލާމް ހައިދަރު ވަނީ އޭނާގެ އަންހެނުންނާއި ދަރިން އަނބުރާ ޕާކިސްތާނަށް ފޮނުވުމަށް އިންޑިއާ ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

ސީމާ ހައިދަރާއި އޭނާގެ 6 އަހަރާއި 8 އަހަރުގެ ދެ ދަރިން މި އަހަރުގެ ފެބްރުއަރީ މަހު ބޯޑަރު ހުރަސްކޮށް އިންޑިއާއަށް ވަދެ އިންޑިއާގެ ޕަބްޖީ މޯބައިލް އިން ބައްދަލުވި މީހާއާ ބައްދަލުވެ، އެކުގައި އުޅެން ނިންމިއެވެ. ގުލާމް ހައިދަރު އަންހެނުންގެ ނުބައި ރޭވުން އެނގުނީ އިންޑިއާ ފުލުހުން އެނާއަށް ގުޅުމުންނެވެ. 

your imageސީމާ އަދި އޭނާގެ ފިރިމީހާ

ގުލާމް ހައިދަރު ވަނީ އޭނާގެ އަނބިމީހާގެ އަމަލުތަކުން ހިތްދަތިވާކަމަށް ބުނެފައެވެ. އަދި އޭނާ ބޭނުންވަނީ އަނބިމީހާ އަނބުރާ ޕާކިސްތާނަށް އައުމަށް ކަމަށް ބުނެފައެވެ. އަދި ދަރިންގެ ސަލާމަތާ މެދު ކަންބޮޑުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ގުލާމް ހައިދަރުގެ އިލްތިމާސަށް އިންޑިއާ ސަރުކާރުން އަދި ޖަވާބެއް ނުދެއެވެ. ނަމަވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
58%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް