ads
މަރުވެގެން ލައްގާފައިއޮތް ބޮޑު މަހެއް
ސްޕެއިންގެ ރަށަކަށް ލައްގާފައި އޮތް ބޮޑު މަހެއްގެ ބަނޑުން 8.1 މިލިއަން ރުފިޔާގެ މާވަހަރެއް
ސްޕެެއިންގެ ބާރުގެ ދަށުގައި އޮންނަ ކެނެރީ އައިލެންޑްސްގައި ރިސާޗުކުރަމުން ދިޔަ ޕްރޮފެސަރަކަށް މޫދުގައި އޮތް ބޮޑުމަހެއްގެ ގޮހޮރުން 21 ޕައުންޑް (9.5 ކިލޯ) ގެ މާވަހަރެއް ފެނިއްޖެއެވެ.

މާވަހަރަކީ ސެންޓު އުފެއްދުމުގައި ބޭނުންކުރާ މަދުން ނޫނީ ނުފެންނަ އަދި އަގުހުރި މާއްދާއެކެވެ. މި މާވަހަރުގެ އަގު ގާތްގަނޑަކަށް 544،000 ޑޮލަރު (8.4 މިލިއަން ރުފިޔާ) އަރަ އެވެ. އޭނާ ބުނީ މާވަހަރު ވިއްކައިގެން ލިބުނު ފައިދާ އެ ރަށަށް ހަދިޔާ ކުރަން ނިންމާފައިވާކަމަށެވެ. 

މާވަހަރަކީ ބޮޑު މަހުގެ ހަޖަމުކުރުމުގެ ނިޒާމުގައި އުފެދޭ މާއްދާއެކެވެ. އެއީ މަހުގެ ކާނާ ކަމަށްވާ ބޯވަދިލަމަހުން އުފެދޭ އެއްޗެއްކަމަށް ބެލެވެއެވެ. ގިނަ ފަހަރަށް މާވަހަރު ފެންނަނީ ކަނޑުގައި އޮޔާދާދަނިކޮށް ނުވަތަ ގޮނޑުދޮށްތަކުގައި ލައްގާފައި އޮއްވައެވެ. އެއީ ސެންޓުގެ ސިނާއަތުގައި ވަރަށް އަގުހުރި މުދަލެއް ކަމުގައި ވާއިރު، މިއީ އެހެން ވަސްތައް ރަނގަޅު ކުރުމަށް އެހީތެރިވެދޭ ވަރުގަދަ، މުސްކީ ވަހެއް އެކުލެވޭ އެއްޗެކެވެ.

މާވަހަރުގެ އަގު އޭގެ ސައިޒާއި ފެންވަރާއި ކުލައަށް ބަލާފައި ތަފާތުވެދާނެއެވެ. ކެނެރީ އައިލެންޑްސް އިން ފެނުނު މާވަހަރަކީ "މަތީ ފެންވަރުގެ" މާވަހަރެއްގެ ނަމޫނާއެކެވެ. އަދި ނިސްބަތުން ބޮޑު، ބަރުދަނުގައި 9.5 ކިލޯހުރުމަކީ އޭގެ އަގު ބޮޑުވުމަށް މެދުވެރިވި ސަބަބެއް ކަމަށް ވެދާނެއެވެ. 

50%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް