ads
ގއ. ދާންދޫ ކަންމަތީގެ އަޒީޒާ އަހުމަދުގެ އެންމެ ހަނގު ދަރިފުޅު އާމިނަތު އަލީ އާދަމް...
10 އަހަރުގެ އާމީ، އާދޭހުގެ އަޑު: ސުކޫލަށް ދާންބޭނުންވޭ، ކުޅެން ދާންބޭނުންވޭ!
އުމުރުން 10 އަހަރުގެ އާމީ ކުޅެންދާން ބޭނުންވެއެވެ. ސުކޫލަށްދާން ވެސް ބޭނުންވެއެެވެ. އަބަދު މަންމަ ކައިރީ ބުނަނީ ސުކޫލަށް ދާހިތްވާ ވާހަކައެވެ. ނަމަވެސް އެކުޑަކުޑަ އާމީ އަކަށް މި ވާގޮތެއް ނޭނގެއެވެ. އޭނާ އަށް އެ ފުރުސަތު ނުލިބެނީ ކީއްވެ ކަމެއް ނޭނގެއެވެ. އެ މައުސޫމް ކުޑަކުޑަ ސިކުޑިއަކަށް ވިސްނައި ނުގަނެވެއެވެ. އާމީގެ އެ އާދޭހުގެ އަޑު ކަންފަތުގައި ޖެހުމުން ހިތައް އުނދަގޫވަނީ އޭނާގެ މަންމަ އަޒީޒާ އަށެވެ.

މިއީ ގއ. ދާންދޫ ކަންމަތީގެ އަޒީޒާ އަހުމަދުގެ އެންމެ ހަނގު ދަރިފުޅު އާމިނަތު އަލީ ކެންސަރު ބައްޔާއި ކުރިމަތިލާން ޖެހުނު ހިސާބުން އެކުއްޖާގެ ޝަކުވާތަކެވެ. އާމީ މަންމަ އަސަރުން ފުރިގެންވާ ރާގަކަށް ބުނީ ދަރުފުޅަކީ ކިޔެވުމަށް މޮޅު ކުއްޖެއް ކަމަށާއި، ނަމަވެސް ދަރިފުޅުގެ ބަލީގެ ސަބަބުން ހާލަތު އެއްކޮށް ބަދަލުވެފައިވާ ކަމަށެވެ.

your imageގއ. ދާންދޫ ކަންމަތީގެ އަޒީޒާ އަހުމަދުގެ އެންމެ ހަނގު ދަރިފުޅު އާމިނަތު އަލީ ..

"ފުރަތަމަ އަމީ ބަނޑަށް ތަދުވާ ވާހަކަ ބުނީ. އެހެންބުނާތީ ފުރަތަމަ ހީކުރީ ކުޅެން އުޅުމުން ވާކަމެއްކަމަށް. ދެން މާބޮޑަށް ދަތުވާތީ ޑޮކްޓަރަށް ދެއްކަންފެށީ." އަޒީޒާ ބުންޏެވެ.

އެތައް ފަހަރަކު ޑޮކްޓަރަށްވެސް ދެއްކުނު ކަމަށާއި، ނަމަވެސް ޑޮކްޓަރުންނަށް ވެސް އާމީގެ ބަލީގެ ހާލަތު ނޭނގި ދުވަސްތައް ދިގުލައިގެން ދިޔަ ކަމަށެވެ. ކޮންމެ ފަހަރަކުވެސް ދެނީ ބޭސް ކަމަށާއި، ތަދުކަނޑުވާ ބޭހާއި އެފަދަ ތަފާތު ބޭސްތައް ޑޮކްޓަރުން ދެއްވުމުން ބޭނުން ކުރަމުން އައީ ކުއްޖާ އަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށް ވެސް އަޒީޒާ ބުންޏެވެ. 

ނަމަވެސް ޑޮކްޓަރަށް ދައްކަމުން ދިޔަ އިރުވެސް އާމީގެ ބަޑުގެ ތަދަށް އެއްވެސް ވަރެއްގެ ބަދަލެއް ނައަންނަ ކަމަށާއި، ބަނޑަށް ތަދުވާ އިރެއްގެ ކަމުގައިވާނަމަ އުނަގަނޑަށް ތަދުވުމާއި ހޮޑުވެސް ލެވޭ ކަމަށް އަޒީޒާ ބުންޏެވެ.

"އެންމެ ފަހުން އަޅުގަނޑު ޑޮކްޓަރުން ކައިރީ އާދޭސްކުރިން. ބުނިން ކުއްޖާ އެޑްމިޓް ކޮށްގެންވެސް ބަލާދޭންވީ ނޫންހޭ. އިތުރު ޓެސްޓް ތަކެއްވެސް ހަދާދޭންވީ ނޫންހޭ. އެހާ ހިސާބުން އެޑްމިޓް ކޮށް ބަލަންފެށި" އަޒީޒާ

އެހާ ހިސާބުން ޓެސްޓްތައް ހަދަން ފެށި ކަމަށާއި، އާމީގެ ބަޑުގެ ވަކި ސަރަހައްދެއްގައި ޓިއުމަރެއް އުފެދިފައި ހުރި ކަމަށް ޑޮކްޓަރުން ބުނި ކަމަށް އަޒީޒާ ބުންޏެވެ. 

އެހާ ހިސާބުން މާލެ ބަދަލުވި ކަމަށާއި، އަމީ މާލޭގެ ސުކޫލަށް ވެއްދި ކަމަށެވެ. އަދި ގުރޭޑް ހަތަރަކަށް އެ ކުއްޖާ ވެއްދި ނަމަވެސް ސުކޫލަށް އާމީ އަށް ނުދެވެއެވެ. އެއީ އަމީގެ ބަޑުގައި އުފެދިފައިވާ ޓިއުމަރު ކެންސަރަށް ބަނދަލުވެފައި ހުރުމުން ކީމޯ ތެރަޕީ ދެމުން އަންނާތީ ކަމަށެވެ. ކީމޯ ތަރަޕީއަކީ އެ ފަރުވާޔަށް ފަހު އެވަގުތަށް މީހާ ވަރުބަލި ކޮށްލާ އެއްޗެކެވެ. އަޒީޒާ ބުނީ އާމީ އަށް ވެސް ވަނީ އެހެން ކަމަށެވެ. ބައްޔާއެކު އުޅެން ޖެހިފައިވުމުން އާމީ ސުކޫލަށް ދެވެނީ ވަރަށް މަދު ފަހަރެއްގައި ކަމަށް އަޒީޒާ ބުންޏެވެ.

އަޒީޒާ ބުނީ ދަރިފުޅު ގޮވައިގެން މާލެ އައިސް ހުންނަޖެހިފައި ވުމުން ވަރަށް ބޮޑަށް މާލީ ހާލަތު ދަށް ކަމަށާއި، އަދި މިހާރުވެސް ކުއްޖާ ގޮވައިގެން އިންޑިޔާ އަށް ދާން ބުނެފައިވާ ކަމަށެވެ. އަމީގެ ބައްޕަ ގއ. ދާންދޫ އަލީ ޖަމާލަކީވެސް ބަލި މީހެކެވެ. މައިބަދައިގެ މައްސަލަ އެއް އުޅޭތީ މަސައްވެސް ނުުކުރެވޭ ކަމަށާއި، ނަމަވެސް އަމީގެ ބަލީގެ ހައްގުގައި އެކުއްޖާ އަށްޓަކާއި މިހާރު މަސައްކަތެއް ކުރާ ކަމަށް އަޒީޒާ ބުންޏެވެ. ނަމަވެސް އެ ލިބޭ ލާރިން ބޭސްފަރުވާ އަށް، ދުރު ގައުމަކަށް ދެވޭހާ ލާރިއެއް ނުހުންނަ ކަަމަށްވެސް އަޒީޒާ ބުންޏެވެ. 

އަޒީޒާ މާލޭގައި ހުންނަނީ އޭނާގެ ދޮށީ އަންހެންދަރުފުޅު ކައިރީގައެވެ. އެ ދަރުފުޅުގެ ފިރިމީހާއަކީ ވެސް ބަލިމީހެއް ކަމަށާއި، ދޮށީ ދަރި ފާތިނާ އަލީ ފިރިމީހާ ގދ. ގައްދޫ/ ފެންގަޑުދޮށުގެ/ ކަރަމް އަބުދުލްކަރީމް ވެސް ވަނީ ދެ ކިޑްނީ ފެއިލްވެފައި ކަމަށް އަޒީޒާ ބުންޏެއެވެ.

އެހެންކަމުން އާއިލާގެ ފުދުންތެރިކަން ވަރަށް ދަށް ކަމަށާއި، އަޒީޒާ އެދެނީ މިވަގުތު އޭނާގެ 10 އަހަރުގެ ދަރިފުޅު ގޮވައިގެން އިންޑިޔާ ފުރުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވާތީ ތިއެންމެގެ ދީލަތި އެހީއެކަށް ކަމަށްވެސް އަޒީޒާ ބުންޏެވެ.

ކިމޯ ތެރަޕީއަށްފަހު އަނެއްކާވެސް ޕޯސްޓް ސްކޭން ހެދުމަށް އިތުރު ފަރުވާ އަށް އިންޑިޔާ އަށް ދިއުމަށް ޑޮކްޓަރުންވަނީ ލަފާ ދެއްވާފައި ކަމަށެވެ. އަދި އާސަންދަ ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެއާއިލާގެ މާލީ ހާލަތު ހުރިގޮތުން ދުރުގައުމަކަށް ގޮސް ތިބޭއިރު ހުރުމާއި ކެއުމާއި އެހެނިހެން ކަންތައްތަކަށް ވެސް ބޭނުންވާނެތީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއެއްް ބޭނުންވާ ކަމަށް އަޒީޒާ ވަނީ ބުނެފައެވެ.

your imageގއ. ދާންދޫ ކަންމަތީގެ އަޒީޒާ އަހުމަދުގެ އެންމެ ހަނގު ދަރިފުޅު އާމިނަތު އަލީގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް.....

މިހާރުވެސްް ފުރަން ޖެހިފައިވާއިރު، ކުއްޖާގެ ބަލީގެ ކުރީކޮޅު ފެނުނު އަލާމާތްތައް އަންނަނީ ފެންނަމުންނެވެ. އާދަޔާ ހިލާފަށް ބަނޑަށް ތަދުވުމާއި، ބުރަކައްޓަށް ތަދުވެ ހޮޑުލެވި ބަލީގެ ކުރީކޮޅު ފެނުނު އަލާމާތަތައް ފެންނާތީ ކަންބޮޑުވާ ކަމަށެވެ. 

އަޒީޒާ ބުނީ ދީލަތި އެހީ ލިބުނުހާ އަވަހަކަށް ބޭނުންވަނީ އަވަހަށް ކުއްޖާ ގޮވައިގެން އިންޑިޔާ ފުރަން ކަމަށެވެ.

ގުޅޭނެ ނަމްބަރު:  9941624 (އަޒީޒާ އަހުމަދު)  

އެކައުންޓް ނަމްބަރު:  ބީއެމްއެލް ޑޮލަރު ( އަޒީޒާ އަހުމަދު ) 7770000081206

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި ( 7712440985101)

ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

49%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
32%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް