ads
20 އަހަރު ކުރިން ރާޢްޖޭގައި ނެގި ފޮޓޯ އަދި އަލުން ރީ ކްރިއޭޓް ކޮށްފަ
20 އަހަރު ކުރިން ރާޢްޖޭގައި ނެގި ފޮޓޯ ދުނިޔޭގެ ސަމާލުކަމަށް
މީގެ 20 އަހަރު ކުރިން ރާއްޖޭގައި ނެގި ފޮޓޯއެއް އަލުން ރީކްރިއޭޓްކޮށް މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފިއެވެ.

އޭޝްލީ ފޯޑް ނަމަކަށް ކިޔާ ފްލައިޓް އެޓެންޑެންޓް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އެ ފޮޓޯ ޝެއާ ކުރިއިރު، އެ ފޮޓޯ ވަރަށް އަވަހަށް ވައިރަލް ވެގެން ދިޔަ އެވެ. އަދި މިހާރު އެ ފޮޓޯ ގެ ހަބަރު ވަނީ ސީއެންއެން ފަދަ ނޫސްތަކަށް ވެސް އަރާފައެވެ. 

އޭނާ ރީ ކްރިއޭޓް ކޮށްފައިވަނީ މީގެ 20 އަހަރު ކުރިން 1999 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރި ދަތުރެއްގައި ފްލައިޓެއް ކުރިމަތީގައި ހުއްޓިގެން ހުރި ފޮޓޯއެކެވެ. އެންމެ ފުރަތަމަ އެ ފޯޓޯ ނެގި އިރު އޭނާގެ އުމުރަކީ 2 އަހަރެވެ.

އަލުން ރީ ކްރިއޭޓް ފޯޑް ހުރީ ފްލައިޓް އެޓެންޑެންޓް ޔުނީފޯމެއްގައި ހަމަ އެގޮތަށް ފްލައިޓެއް ކައިރީގައި ހުއްޓިލައިގެންނެވެ. 

 "އެ ފޮޓޯ އަލުން އުފެއްދީ ކޮންމެ ކަމެއް ވެސް ކުރެވޭނެ ކަމަށް ދައްކާލުމަށް،" - ފޯޑް-  

އޭނާ ބުނީ ޒުވާން އަންހެނުންނަށް ވެސް އޭވިއޭޝަންގެ ދާއިރާއިން ކެރިއަރު ކުރިއަށް ގެންދިއުމަށް ބާރުއަޅަން ބޭނުންވާ ކަމަށެވެ. 

91%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް